ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވުމާ ގުޅިގެން، ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މީސްމީޑިއާގައި، އިމާމް ޝާފީގެ ބަސްފުޅަކާ ހަވާލާދީ ވިދާޅުވީ، ޢާލިމުންގެ މައްޗަށް ޖަދަލުން ކުރި ހޯދިދާނެ ކަމަށާއި ނަމަވެސް ޖާހިލުންގެ މައްޗަށް އެކަން ނުކުރެވޭނެ ކަމަށެވެ. މިއީ ޝުޖާއު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން ޖަމީލް ބޭނުންކުރެއްވި މިސާލެކެވެ.
މީގެއިތުރުން، ޑރ. ޖަމީލް ވަނީ މި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނަކީ ކޮރަޕްޝަންގެ މަންފާ ލިބޭ "ބެނެފިޝަރީން" ކަމަށް ސިފަކުރައްވާފައެވެ.
ވަކިން ހާއްސަކޮށް، އެފްއައިޔޫ ރިޕޯޓާއި ހުޅުމާލޭގެ ބިންތަކުގެ މައްސަލައަށް އިޝާރާތް ކުރައްވައި، މިހާރު ހިނގަމުންދާ ކަންކަން މި ވެރިކަން ނިމުމުން ތަހުގީގު ކުރެވޭނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
މި ބަހުސް ފެށުނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙާ ގުޅޭގޮތުން ޝުޖާއު ވާހަކަދައްކަވަމުން، ރައީސް މުޢިއްޒު ބޭނުންފުޅުވި ނަމަ ރައްޔިތުންގެ ގާތަށް ނުގޮސްވެސް އެކަން ނިންމާލެވުނީސް ކަމަށް ވިދާޅުވުމުންނެވެ.
ނަމަވެސް ޝުޖާއު ވިދާޅުވާ ގޮތުގައި، ރައީސް ވޯޓަކަށް ދާން ނިންމެވީ ޑިމޮކްރެޓިކް ހަމަތަކަށް އިސްކަން ދެއްވާތީއެވެ. ޖަމީލްގެ ފާޑުކިޔުން ސުޖާއަށް އަމާޒުވީ މި ހުރިހާ ކަމަކީ ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު