މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި، ބޮޑު މުސާރަ ލިބޭ މުވައްޒަފުންގެ ލިސްޓެއް އާންމުވުމާ ގުޅިގެން، އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ކަންބޮޑުވުން ފާޅުކުރައްވައި ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކަށް ވަރުގަދަ ސުވާލުތަކެއް އަމާޒުކުރައްވައިފިއެވެ.
އެމްއޭސީއެލްގެ މަތީ މުސާރަ ލިބޭ ސިޔާސީ މުވައްޒަފުންގެ ތަފްސީލުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފިރާގް ވިދާޅުވީ، ނިމިދިޔަ ކައުންސިލް އިންތިހާބާ ދިމާކޮށް ކުއްލި ގޮތަކަށް ގިނަ ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށެވެ. އެގޮތުން އިންތިޚާބުގެ ހަފްތާއެއްހާ ދުވަސް ކުރިން، މަޝްހޫރު ރަށްރަށުގެ އޭނާ ދަންނަ ވަރަށް ގިނަ ބަޔަކަށް ކުއްލި ވަޒީފާގެ އެޕޮއިންޓްމަންޓްތައް ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަދި މިހާރު ފެންނަނީ އޭގެ ދެތިން ހަފުތާ ފަހުން އެކަންކަން ނިންމުމަކަށް ގެނައުމަށް އެހެން ލިސްޓެއް ތައްޔާރުވެފައިވާ ތަން،" ފިރާގް ވިދާޅުވިއެވެ.
ފިރާގް ވިދާޅުވީ އާންމުވެފައިވާ އެ ލިސްޓަކީ ހަގީގަތެއް ނަމަ، އެއީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އެ ލިސްޓުގައިވާ މަގާމުތަކަކީ ވަޒީފާގެ މާހައުލުގައި ހަގީގަތުގައި އޮތް މަގާމުތަކެއް ކަމާމެދު އޭނާ ވަނީ ސުވާލުއުފައްދަވާފައެވެ. އަދި އެ މަގާމުތަކަށް މީހުން އައްޔަންކޮށްފައިވަނީ އެއްވެސް ކޮލިފިކޭޝަނަކަށް ބެލުމެއް ނެތި، ހަމައެކަނި ސިޔާސީ ކުރު މުއްދަތުގެ ފައިދާއަކަށްތޯ އޭނާ ސުވާލުކުރެއްވިއެވެ.
"ރައްޔިތުންނަށް އުންމީދާއި، ހަމަޖެހުމާއި، އާމްދަނީ ދީ، ހަމައެކަނި އިންތިޚާބު ނިމުމުން އެކަން ނަގުޅާލުމަކީ އިންސާފުވެރި ކަމެއް ނޫން،" އިންތިޚާބަށްފަހު ވަޒީފާތަކުން މީހުން ވަކިކުރަން އުޅޭ ކަމަށް ބުނާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ފިރާގް ވިދާޅުވިއެވެ.
މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން ވަޒީފާ ލިބުނު ފަރުދުންނާއި އެމީހުންގެ އާއިލާތަކަށް ނަފްސާނީ އަދި މާލީ ގޮތުން ކުރާ އަސަރުގެ ބޮޑުކަން ފިރާގް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކަށް އާންމުން ކުރާ އިތުބާރު ދިގުމުއްދަތަކަށް ގެއްލިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ސުވާލަކީ މިއީ ކީއްވެގެން ކުރިކަމެއްތޯ، އަދި އެކަމުގެ ޒިންމާ ނަގަނީ ކާކުތޯ؟" ފިރާގްގެ ޕޯސްޓު ނިންމަވާލައްވަމުން ސުވާލުކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން އެމްއޭސީއެލް އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވާއިރު، ސޯޝަލް މީޑިއާގައި ދައުރުވާ ލިސްޓުގައި ހިމެނޭ މީހުންނަށް ދޭ މުސާރައިގެ ބޮޑުކަމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު