މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި ސިޔާސީ ގޮތުން އައްޔަނުކޮށްފައިވާ ބައެއް މުވައްޒަފުން މަސައްކަތަށް ނުނިކުމެ، ބޮޑެތި މުސާރަ ނަގަމުންދާ މައްސަލައާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށާއި އެ ފަރާތްތަކަށް އަމާޒުވެއްޖެއެވެ.

މީސްމީޑިއާގައި މިކަމާ ގުޅޭގޮތުން ދައުރުވަމުންދާ މަޢުލޫމާތުތަކުގައި ވާގޮތުން، ސިޔާސީ ނުފޫޒުން ވަޒީފާ ހޯދައިގެން އުޅޭ ބައެއް ފަރާތްތަކުން މަހަކު 30،000 އާއި 40،000 ދެމެދުގެ އަދަދަކަށް މުސާރަ ނަގަމުންދާއިރު، އެމީހުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް އޮފީހަކަށް ނުނިކުމެއެވެ. މި މައްސަލާގައި އާންމުންގެ ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ހަމައެކަނި ސަރުކާރުގެ މައްސަލައެއް ނޫނެވެ. މިއީ އެފަދަ ވަޒީފާތަކުގައި ތިބެ "ހަރާމް" ގޮތުގައި ފައިސާ ހޯދާ ފަރާތްތަކުގެވެސް އަޚްލާގީ މައްސަލައެއް ކަމަށް ޢާއްމުން ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ޚިޔާލު ފާޅުކުރި ބައެއް އާންމުން ބުނެފައިވަނީ، ސިޔާސީ މީހުން ފަހަތުން ދުވެގެންނާއި އާދޭސް ކޮށްގެން ވަޒީފާ ހޯދައި، އެއްވެސް މަސައްކަތެއް ނުކޮށް މުސާރަ ނެގުމަކީ ރައްޔިތުންގެ ފައިސާއިން ކުރާ ވައްކަމެއް ކަމަށެވެ.

"އެއީ ތިޔަބައިމީހުންގެ ފައިސާއެއް ނޫން. އެއީ ކޮންމެ ދުވަހަކު ބުރަ މަސައްކަތް ކޮށްގެން އަބުރުވެރިކަމާއެކު އާމްދަނީ ހޯދާ ރައްޔިތުންގެ ފައިސާ." ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީސްމިޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.

މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ދަސްކޮށްދެވެނީ ތެދުވެރިކަމަށްވުރެ ބޮޑަށް "ކަނެކްޝަން" ނުވަތަ ނުފޫޒު އޮތުމުގެ މުހިންމުކަން ކަމަށް ފާހަގަކޮށް، މިއީ ގައުމުގެ އަޚްލާގީ މިންގަނޑު ވެއްޓިފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށްވެސް އާންމުން ބުނެފައިވެއެވެ.

އާންމުން ވަނީ މިފަދަ ގޮތަކަށް މުސާރަ ނަގާ ފަރާތްތަކުން ލަދުގަންނަން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި އެމީހުންގެ ކިބައިގައި ކުޑަވެސް އިޚްލާޞްތެރިކަމެއް ހުރިނަމަ، މިހާރުން މިހާރަށް ވަޒީފާއިން އިސްތިއުފާ ދިނުމަށް ގޮވާލާފައިވެއެވެ. މި މައްސަލައަކީ ހަމައެކަނި ސިޔާސީ މައްސަލައެއްގެ ގޮތުގައި ނުބަލައި، މިއީ މުޅި މުޖުތަމައުގެ އިޖުތިމާއީ އަދި ދީނީ އަޚްލާގާ ގުޅިފައިވާ ބޮޑު މައްސަލައެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.



ޢާއްމުން މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެމްއޭސީއެލް އަށް ސިޔާސީ ގޮތުން އައްޔަނުކޮށްފައިވާ 85 މީހަކަށް، މުސާރައިގެ ގޮތުގައި ކޮންމެ މަހަކު ދައުލަތުގެ ބަޖެޓުން 2.1 މިލިއަން ރުފިޔާ ހަރަދު ކުރަމުންދާކަން ދޭހަވާފަދަ ލިޔުމެއް މީސްމީޑިއާގައި ދަނީ ދައުރު ވަމުންނެވެ.



އެމްއޭސީއެލްގެ ސިޔާސީ މުވައްޒަފުންގެ ލިސްޓު ކަމަށްބުނެ ދައުރުކުރާ ލިސްޓް


ދައުރުވަމުންދާ ލިޔުމުގައިވާ ގޮތުން މަހަކު ބައި ލައްކަ ރުފިޔާގެ މުސާރަ ލިބޭ މީހުންގެ ތެރޭގައި ސިޓީސް މިނިސްޓަރު އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒު އަދުދާނުގެ އިތުރުން، ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންނާއި، ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިން ތަކަކަށްވެސް އެމްއޭސީއެލްއިން މުސާރަ ދެމުންދާކަން ވަނީ ހާމަވެފައެވެ. ލީކުވެފައިވާ ލިސްޓުގައިވާ ގޮތުން، ކުރީގެ ނޫސްވެރިއަކަށްވެސް މަހަކު 40،000 ރުފިޔާގެ މުސާރައެއް ދެއެވެ.



ކިޔުންތެރިންގެ ހިޔާލު