އީ-ފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭހަށް އޯޑަރުކުރެވޭނެ އިންތިޒާމު ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ހަމަޖައްސާފައިވާކަމަށް ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑީއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޑރ. ޝާހް ވިދާޅުވީ، ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ބޭސް ސިޓީ އަޕްލޯޑްކުރުމާއި، ބޭހަށް އޯޑަރު ދިނުމުގެ އިތުރުން، އޯޑަރު ޑެލިވަރީގެ ކަންކަން ވެސް ކުރެވޭނެ ކަމަށެވެ. އަދި މި ޕްލެޓްފޯމްގެ ސަބަބުން ބޭސް ހޯދުމުގެ ކަންކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބަލިމީހާއަށް ބޭނުންވާ ބޭސް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސްޓޭޓްފާމާ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ސްޓޭޓްފާމާ އިން ވަނީ 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިން ނަންބަރެއް ކަމަށްވާ 1505 ވެސް ތަޢާރަފްކޮށްފަ އެވެ. ޑރ. ޝާހް ވިދާޅުވީ، މި ހޮޓްލައިންގެ މައިގަނޑު މަޤްޞަދަކީ މުހިންމު ބޭސްތައް ހޯދުމުގައި ޢާންމުންނަށް ބޭނުންވާ އަވަސް އެހީ ފޯރުކޮށްދިނުމެވެ.
ސްޓޭޓްފާމާ ޕޯޓަލް އާއި ހޮޓްލައިންގެ ބޭނުމަކީ ވެސް މުޅި ރާއްޖޭގައި ބޭސް ލިބުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ލުއިފަސޭހަ ކަމާއެކު ޢާންމުންނަށް ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން ކަމަށް ޑރ. ޝާހް ވިދާޅުވި އެވެ.
ހަމައެއާއެކު ޑރ. ޝާހް ވިދާޅުވީ، ރާއްޖެއަށް ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރި ކަމަށާއި، އެ މައްސަލައަކީ ވަގުތީ ހައްލެއް ބޭނުންވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ސްޓޭޓްފާމާ ގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ބޭސް ލިބުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ ކަން ކަށަވަރުކުރުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ހަމަ އެހެންމެ، ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށްޓަކައި ޒަމާނީ ނިޒާމެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ވެސް ޑރ. ޝާހް ފާހަގަކުރެއްވިއެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަކީ، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުންފުންޏެކެވެ. މިއީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވޭ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު