މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސްރީލަންކާގައި ތާށިވެފައި ހުރި ކޮންޓެއިނާތައް މިހާރު ކްލިއަރ ކުރަން ފަށާފައިވާ ކަމަށާއި، މިހާރު ބާކީ ހުރީ 1741 ކޮންޓެއިނާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ކްރައިސިސް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ލަންކާގައި ތާށިވެފައި ހުރި ކޮންޓެއިނާތަކުގެ ޖުމްލަ އަދަދަކީ 4241 ކޮންޓެއިނާ ކަމަށާއި، ނަމަވެސް ކުރެވުނު ގިނަ މަސައްކަތްތަކާ ގުޅިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ކޮންޓެއިނާތަކެއް ކްލިއާ ކުރެވިފައިވާ ކަމަށެވެ. ހަމައެހެންމެ، ތިން ވަރަކަށް ދުވަހުގެ ތެރޭގައި ގިނަ ކޮންޓެއިނާތަކެއް ސާފްކުރެވިފައިވަނީ ހުރިހާ ސްޓޭކްހޯލްޑަރުން ކަމަށްވާ އެމްޕީއެލް، އެސްޓީއޯ، އަދި އެމްއެސްސީ ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
އިގްތިސޯދީ ދަތިކަމެއް ނެތި ކޮންޓެއިނާތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ މިވަގުތު މާލޭ ބަނދަރުގައި އޮތް އުޅަނދެއްގައި 1200 ކޮންޓެއިނާގެ މުދާ ހުރި ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި 2500 ކޮންޓެއިނާ މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ދެން މި ހަފްތާގެ ތެރޭގައި 2500 ކޮންޓެއިނަރު މާލެއަށް އައުމަށް ހަމަޖެހިފައިވާއިރު، މިއަދު 500 ކޮންޓެއިނަރުގެ މުދާ އަދި މާދަމާ އަނެއްކާވެސް 500 ކޮންޓެއިނަރުގެ މުދާ އަދި 14 އޭޕްރީލްގައި 1000 ކޮންޓެއިނަރުގެ އިތުރަށް 500 ޓީ
ޔޫގެ 1 އުޅަނދު އިތުރަށްވެސް އަންނާނެ،" ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ކޮލަންބޯގައި ލަސްވެ ތާށިވެފައި ހުރި ވިޔަފާރިވެރިންގެ މުދާތައް ވީހާވެސް އަވަހަށް ގެނައުމަށްޓަކައި، މިދިޔަ ހަފްތާގައި ވިޔަފާރިވެރިންނާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހާއްސަ ގޮތެއްގައި، މޭވާ އާއި ތަރުކާރީ އެތެރެކުރާ ވިޔަފާރިވެރިންނާއި، ފްރޯޒަން މުދާ އެތެރެކުރާ ވިޔަފާރިވެރިންނާ ގުޅިގެންވެސް ހާއްސަ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެއާ ކާގޯ ދާއިރާއަށް ވެސް ލުއިތަކެއް ލިބިފައިވާ ކަމަށް ފާހަގަކުރައްވަމުން، މިނިސްޓަރ ވިދާޅުވީ ފްލައިޓްތައް މެދުވެރިކޮށް ގެންނަ މުދާ ގެނައުމުގައި ކުރިއަށް ވުރެ ބޮޑަށް ލުއިތަކެއް ލިބިފައިވާ ކަމަށެވެ. ހަނގުރާމައިގެ ސަބަބުން ލަންކާގައި ތާށިވި، އަދި އެކި ސަބަބުތަކާ ހުރެ ތާށިވެފައި ހުރި ކޮންޓެއިނާތައް ތަރުތީބުން ކްލިއާ ވަމުންދާ ކަމަށާއި، ދިވެހި ރައްޔިތުންނަށް ބޭނުންވާ މުދާ ހޯދުމަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު