ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުތަކުގެ ނަތީޖާއިން ފެންނަނީ ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކަށް "ނޫނެކޭ" ބުނެފައިވާ މަންޒަރު ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށް ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްގެން ނޫނީ ދެން ވޯޓެއް ނުލިބޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު މީކާއިލް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއާއެކު މަޖިލިސް މެންބަރުންގެ ވިސްނުމަށް ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެއްވި ނަމަވެސް، ފެންނަމުންދަނީ ހިތާމަވެރި މަންޒަރެއް ކަމަށެވެ. ޚާއްޞަކޮށް، ނިކަމެތިވާ ރައްޔިތުންނާއި ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށް އިދިކޮޅު މެންބަރަކު ބިލެއް ހުށަހެޅުމުން، ސަރުކާރު ހިންގާ ޕީ.އެން.ސީގެ މެންބަރުން އެ ޙައްޤުތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ރައްޔިތުން ރިޖެކްޓްކޮށްފައިވާ ސިޔާސަތުތަކުގެ ދިފާއުގައި ނުކުންނަވާ މަންޒަރު ތަކުރާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
" ނިމިދިޔަ އިންތިޚާބުގައި ރައްޔިތުން ބުނަމުންދަނީ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ދުސްތޫރަށް ސަރުކާރުންނާއި ޕީ.އެން.ސީގެ ފަރާތުން ދެމުންދާ ހަމަލާތަކަށް ނޫނެކޭ،" މީކާއިލް ވިދާޅުވިއެވެ.
މީކާއިލް އިތުރަށް ވިދާޅުވީ، އިންތިޚާބެއްގައި 70 އިންސައްތަ ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ކަންކަމަށް ނޫނެކޭ ބުނުމުން، އެކަން ހަޖަމްކޮށް ސިޔާސަތުތައް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މާލެއަށް ނިސްބަތްވާ ބައެއް މެންބަރުން ސަރުކާރުގެ ދިފާއުގައި ވާހަކަދައްކަވާއިރު، އަމިއްލަ ދާއިރާގެ ގޮނޑިވެސް ކާމިޔާބު ނުކުރެވުމަކީ ރައްޔިތުން އެ ބޭފުޅުންގެ އަތުން 'މެންޑޭޓް' އަތުލާފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ މެންބަރުން ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވައި، "ސަރުކާރުގެ ޕަޕެޓުން" (ކޮންޓްރޯލް ކުރެވޭ ބައެއް) ގެ ގޮތުގައި ހަރަކާތްތެރިވުމަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ. މީކާއިލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި ސަރުކާރުގެ ދިފާއުގައި އުޅުއްވުމުގެ ބަދަލުގައި، ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅޭ ބިލްތަކަށް ފަރުވާތެރިވެ، ރައްޔިތުންނާ ގާތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އިންތިޚާބެއްގައި ދެން ވެސް ވޯޓު ލިބޭނީ އޭރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު