އައްޑޫ އެމްޑީޕީގެ މެންބަރުން
އައްޑޫ އެމްޑީޕީގެ މެންބަރުން
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެމްޑީޕީން އައްޑޫ ސިޓީގައި ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ރައްޔިތުންނަށް ޝުކުރު އަދާކުރުމަށް ބާއްވާ ހާއްސަ އިވެންޓެއް މިރޭ 8:00 ގައި ހިތަދޫ ސިޓީ ސްކެއާ ސަރަހައްދުގައި އޮންނާނެއެވެ.

މި ހަފުލާގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީގެ ހުށަހެޅުންތައް ފެނިގެންދާއިރު، އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ ދިފާއުކުރުމާއި ހުޅުދޫ އަދި މީދޫގެ ރަށު ކައުންސިލްތަކުގެ ގޮނޑިތައް ކާމިޔާބު ކުރުމުގެ އުފާ މިރޭ ފާޅުކުރާނެއެވެ.

އެމްޑީޕީގެ އައްޑޫ ޓީމުން ވަނީ ވީހާވެސް ގިނަ ރައްޔިތުން މި އުފާވެރި ހަރަކާތުގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.

މި އޭޕްރީލް މަހުގެ 04 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އައްޑޫސިޓީއަށް އިންތިޚާބު ކުރެވުނު ޖުމްލަ 22 ގޮނޑީގެ ތެރެއިން އިން އިދިކޮޅު އެމްޑީޕީން ވަނީ މޭޔަރުކަމުގެ ގޮނޑިއާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ ގޮނޑިއާއެކު ޖުމްލަ 21 ގޮނޑި ކާމިޔާބުކޮށް، އެ ސިޓީގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދާފައެވެ.

މިއާޚިލާފަށް، ގްރޭޓާ އައްޑޫގެ ނަމުގައި ބޮޑެތި ތަޞައްވުރުތަކެއް ހުށަހެޅި ވެރިކަންކުރާ ޕީއެންސީއަށް އަށްވަނީ ހީވެސް ނުކުރާހާ ނާކާމީޔަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން 22 ގޮނޑީގެ ތެރެއިން އެ ޕާޓީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ.



ކިޔުންތެރިންގެ ހިޔާލު