ދައުލަތުގެ ފައިސާއަކީ އަމިއްލަ މުދާ ކަމަށް ބަލައިގެން، ނުވަތަ ދައުލަތުގެ މުއައްސަސާތަކަކީ އާއިލީ ވިޔަފާރިއެއް ފަދައިން ހިންގަމުން އައި ދުވަސްތައް މިހާރު މާޒީވެފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސިޔާސީ ވަޒީފާތަކުގައި ތިބި މީހުންގެ ލިސްޓަކާއި، އެ ކުންފުނިން ބައެއް މީޑިއާތަކަށް ފައިސާ ދޫކުރަމުންދާ ގޮތުގެ ތަފްސީލުތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ މިއީ ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނާއި، ނާޖާއިޒު ނުފޫޒު ބޭނުންކުރުމުގެ ސާފު ހެއްކެއް ކަމަށެވެ. އަދި މިކަމުގެ ފުރިހަމަ ޒިންމާ އެމްއޭސީއެލްގެ މީޑިއާ ހެޑް ޝަރީފް އުފުލަންޖެހޭނެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
"ދައުލަތުގެ ފައިސާއަކީ އަމިއްލަ މުދާ ކަމަށް ބަލައިގެން، ނުވަތަ ދައުލަތުގެ މުއައްސަސާތަކަކީ އާއިލީ ވިޔަފާރިއެއް ފަދައިން ހިންގަމުން އައި ދުވަސްތައް މިހާރު ވަނީ މާޒީވެފަ. މިއީ ހަމަ ކަނޑައެޅިގެން ރައްޔިތުންގެ މުދަލަށް އަރައިގަނެ، ދުވާލު މެންދުރު ހިންގަމުންދާ ބޮޑު ވައްކަމެއް،" ޖަމީލްގެ ޕޯސްޓުގައި ވެއެވެ.
އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެމްއޭސީއެލްގެ ތެރެއިން ސިޔާސީ ބޭނުންތަކަށް ބޮޑެތި ޚަރަދުތަކެއް ކުރަމުންދާ ކަން ވަނީ ހާމަވެފައެވެ. ވަކިން ހާއްސަކޮށް، ސަރުކާރަށް ތާއީދުކުރާ ވަކި މީޑިއާތަކަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކުންފުނީގެ އޮނިގަނޑުން ބޭރުން ސިޔާސީ މަގާމުތައް އުފައްދާފައިވާ ކަން ލީކުވެފައިވާ މައުލޫމާތުތަކުން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު