އައިޖީއެމްއެޗް-
އައިޖީއެމްއެޗް-
މާލޭގެ އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ބިދޭސީ މީހާ ނިޔާވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު އިރުއޮއްސޭހާއިރު ހިނގި މި ހާދިސާގައި ވެއްޓިފައި ވަނީ ބަންގްލަދޭޝްގެ 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ވެއްޓުނީ މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެ މީހާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ހާލަތު ވަރަށް ނާޒުކު ކަމަށް މީގެ ކުރިން ހޮސްޕިޓަލުން ވެސް ވަނީ ބުނެފައެވެ.

ނިޔާވި މީހާގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވާލުމަށް އާއިލާއިން އެދިފައިވާތީ، އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު