ގައުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި އިންތިގާލީ ސަރުކާރެއް އެކުލަވާނުލައިފި ނަމަ ގައުމަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
ޝިފާޒް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ 10 ވަޒީރުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިގާލީ ސަރުކާރެއް އެކުލަވާލަން ގޮވާލެއްވި ގޮވާލެއްވުމަށް ތާއީދުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ، އިންތިގާލީ ސަރުކާރެއް އެކުލަވާ ނުލައިފިނަމަ ގައުމަށް ލިބިދާނެ ގެއްލުން މާ ބޮޑުވާނެ ކަމަށާއި، ރައްޔިތުން ނިކުމެ ސަރުކާރު ބަދަލު ކުރުމަކީ މިހާރު އަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ތަންދޭ ކަމެއް ކަމަށެވެ.
"އެދިއެދި މި ތިބީ ބަދަލަކަށް. ރައްޔިތުން ތައްޔާރަށް ތިއްބަވާ،" ޝިފާޒްގެ ޕޯސްޓުގައި ވެއެވެ.
ސަރުކާރުގެ ކެބިނެޓަށާއި އިސް މަގާމުތަކަށް މި ބަދަލުތައް އަންނަން ފަށާފައިވަނީ، ދާދި ފަހުން ބޭއްވުނު ކައުންސިލް އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ހިންގާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެ އިންތިޚާބުގެ ނަތީޖާއަށްފަހު ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، 10 މިނިސްޓަރުން އިސްތިއުފާ ދެއްވީ ސަރުކާރުގެ ހިންގުމަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން އަމިއްލައަށެވެ. ނަމަވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މިއީ ސަރުކާރުގެ އެތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާއި، ސިޔާސީ ގޮތުން ކުރިމަތިވަމުންދާ ބޮޑެތި ޕްރެޝަރުތަކުގެ ސަބަބުން މަގާމުތަކުން ދުރަށް ދާން މަޖުބޫރުވުމުން ހިނގި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު