އަންޑަމަން ކަނޑަށް ރޮހިންޖާ ރެފިއުޖީން ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި، ކުޑަކުދިން ހިމެނޭހެން 250 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އދ. އިން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުންނާއި، ބޯޓަށް ބަރުކުރެވޭ ވަރަށްވުރެ އިތުރަށް މީހުން އުފުލުމުގެ ސަބަބުން ކަމަށް އދ. ގެ ރެފިއުޖީންނާ ބެހޭ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ބަންގްލަދޭޝްގެ ކޯސްޓްގާޑުން މައުލޫމާތު ދޭ ގޮތުގައި، މި މަހުގެ 9 ވަނަ ދުވަހު އިންޑޮނޭޝިއާއަށް ދަތުރުކުރި އެ ގައުމުގެ އުޅަނދަކަށް ކަނޑުމަތީގައި ފަތަމުންދިޔަ ނުވަ މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނޭ ރަފީގުލް އިސްލާމް ކިޔާ މީހަކު ކިޔައިދިން ގޮތުގައި، އޭނާ ބޯޓަށް އެރީ މެލޭޝިއާއިން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ އިންސާނީ ވަގުފާރި ކުރާ ބަޔަކު ދެއްކި ހުވަފެންތަކަށް ހެއްލިގެންނެވެ.
އޭނާ ބުނި ގޮތުގައި ބޯޓު ބަންޑުން ޖަހާލުމުގެ ކުރިންވެސް، ބޯޓު ތެރޭގައި މީހުން ގިނަވެ ނޭވާ ހާސްވުމުގެ ސަބަބުން 25 އާއި 30 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވިއެވެ.
މި ހާދިސާއިން ސަލާމަތްވި މީހުންގެ ތެރެއިން ހަ މީހުންނަކީ އިންސާނީ ވަގުފާރި ކުރާ ގްރޫޕަކަށް ނިސްބަތްވާ ބައެއް ކަމަށް ތުހުމަތު ކުރެވޭތީ، ފުލުހުން މިހާރު ވަނީ އެމީހުން ހައްޔަރުކޮށްފައެވެ.
އދ. ގެ ރެފިއުޖީންނާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި މިއީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަމާއި، އެމީހުންގެ ރައްކާތެރިކަމަށް ދާއިމީ ހައްލެއް ލިބިފައި ނެތުމުގެ ސަބަބުން ކުރިމަތިވާ ވަރަށް ހިތާމަވެރި ހާދިސާއެކެވެ.
ކޮންމެ އަހަރަކުވެސް އެތައް ހާސް ރޮހިންޖާ ރެފިއުޖީންނެއް މިޔަންމާގެ ދާހިލީ ހަނގުރާމައާއި އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި، ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި ކަނޑު ދަތުރުތައް ކުރެއެވެ. ގިނަ މީހުން އުންމީދު ކުރަނީ މުސްލިމް އާބާދީ ބޮޑު މެލޭޝިއާއަށް ނުވަތަ އިންޑޮނޭޝިއާއަށް ދެވޭނެ ކަމަށެވެ. ނަމަވެސް މިފަދަ ދަތުރުތަކުގައި ކޮންމެ އަހަރަކުވެސް އެތައް ބަޔަކު ކަނޑުވެ، ފުރާނަ ގެއްލެމުންދާކަން ބައިނަލްއަގުވާމީ އިދާރާތަކުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު