ދާދިފަހުން ލުބުނާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޯޕް ލިއޯ ވަނީ އުތުރު އެމެރިކާއާއި ޔޫރަޕްގެ ރައްޔިތުން މުސްލިމުންނަށް ބަހައްޓާ ބިރުވެރިކަން ކުޑަކުރުމަށް ގޮވާލައްވާފައެވެ.
ޕޯޕް ވިދާޅުވި ގޮތުގައި ހުޅަނގުގެ ގައުމުތަކުގައި މުސްލިމުންނާ މެދު އުފެދިފައިވާ ބިރުވެރިކަމަކީ ހަގީގަތުގައި ހިޖުރަވެރިންނާ ދެކޮޅަށް ހުރި ނުބައި ވިސްނުންތަކެއްގެ ސަބަބުން އުފެދިފައިވާ ކަމެކެވެ.
މިފަދަ ތަފާތުކުރުންތަކާއި ބިރުވެރިކަން ދޫކޮށްލައި، އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޕޯޕް ލިއޯ ވަނީ ތަފާތު ދީންތަކުގެ މީހުން އެކުގައި އުޅުމުގެ ރީތި ނަމޫނާއެއްގެ ގޮތުގައި ލުބުނާން ފާހަގަކުރައްވާފައެވެ. ލުބުނާނަކީ ކްރިސްޓިއަނުންނާއި މުސްލިމުން އެކުވެރިކަމާއެކު ސުލްހަވެރިކަމުގައި ދިރިއުޅެމުންދާ ގައުމެއްކަން ފާހަގަކުރައްވައި، އެއީ މުޅި ދުނިޔެއަށް އޮތް މިސާލެއް ކަމަށް ވިދާޅުވެފައެވެ.
ޕޯޕްގެ މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ދީންތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ބައިނަލްއަގުވާމީ މުޖުތަމައުގައި އޮތް ނުތަނަވަސްކަން ކުޑަކުރުން ކަމަށްވެސް އޭނާ ބަޔާންކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު