ގދ. ތިނަދޫ ސިޓީން ސިމެންތި ލިބުމަށް ހުރި ދަތިތަކާއި، ސިމެންތީގެ އަގު އިންތިހާއަށް ބޮޑުވުމާ ގުޅިގެން އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން އެސްޓީއޯ ފިހާރައިގައި އެއްވެ މިއަދު އިހުތިޖާޖު ކޮށްފިއެވެ.
މި އިހުތިޖާޖުގެ ބައިވެރިން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި، ސިމެންތި ގަތުމަށް ހުރި ގޮންޖެހުންތަކާއި އަގަށް އައިސްފައިވާ ބޮޑު ބަދަލު ހިމެނެއެވެ. އެގޮތުން ކުރިން 145 ރުފިޔާއަށް ލިބެމުންދިޔަ ސިމެންތި ބަސްތާއެއްގެ އަގު މިހާރު ވަނީ 190 ރުފިޔާއަށް އުފުލިފައެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާތީ، އިހުތިޖާޖުގެ ބައިވެރިން ވަނީ ކުރިން ހުރި އަގުގައި ސިމެންތި ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގޮވާލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ތިނަދޫ ސިޓީއަށް އެންމެ ފަހުން ގެންގޮސްފައިވަނީ އެންމެ 500 ބަސްތާ ސިމެންތިއެވެ. އަދި ސިމެންތި ދޫކުރަމުން ދަނީ ކޮންމެ މީހަކަށް ގިނަވެގެން 5 ބަސްތާގެ ރޭޓުންނެވެ. މީގެ އިތުރުން، ސިމެންތި ގަތުމަށް ފައިސާ ބަލައިގަންނަނީ ހަމައެކަނި ނަގުދުން ކަމަށްވުމީ ވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.
ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ދާދި ފަހުން ދެއްވާފައިވީ ނަމަވެސް، އަތޮޅުތެރޭގެ ރަށްތަކުން ސިމެންތި ހުސްވެ، އަގު ބޮޑުވަމުންދާތީ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ސިމެންތީގެ އަގުވަނީ 285 ރުފިޔާއަށްވެސް ބޮޑުވެފައެވެ.
ތިނަދޫގައި ކުރިއަށްދިޔަ މި އިހުތިޖާޖުގެ ބައިވެރިން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްތިއުފާއަށް ވެސް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު