އެކި ބާވަތްތަކުގެ ކުށްތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށް، ބަންދުގެ ރިކޯޑު އޮތް މީހަކު ފޭރުމުގެ މައްސަލައެއް ސާބިތުވެ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވަނީ ތ. ތިމަރަފުށީ، ލަކީހައުސް، ސަފްވާން އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ހުކުމް އިއްވީ ބޭރު މީހެއްގެ އަތުން 33،500 ރުފިޔާ ފޭރިގަތް މައްސަލައިގައެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ސަފްވާން މި އަމަލު ހިންގާފައިވަނީ އިތުރު މީހަކާ ގުޅިގެންނެވެ. މި މައްސަލައިގެ ޝަރީއަތުގައި ސަފްވާން ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން، ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އޭނާގެ މައްޗަށް ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ކޯޓު ރިކޯޑުތަކުން ދައްކާ ގޮތުގައި، ސަފްވާން އަކީ ކުށުގެ ރިކޯޑު ވަރަށް ގިނަ މީހެކެވެ. އެގޮތުން އެކިއެކި މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވެއެވެ. އޭނާގެ މައްޗަށް މީގެ ކުރިން ތުހުމަތު ކުރެވުނު މައްސަލަތަކުގެ ތެރޭގައި ބިދޭސީއެއްގެ އަތުން ފޭރުމާއި، ޓްރިމަރަކާއި ފަސް ފޮށި ގަލަން ވަގަށް ނެގި މައްސަލައެއް ހިމެނެއެވެ.
މީގެ އިތުރުން، ދާދި ފަހުން ލެޕްޓޮޕެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ. މިހާ ގިނަ އަދަދަކަށް ކުށުގެ ރިކޯޑު އޮތް މީހަކު މި ފަހަރު ޖަލަށްލާން ހުކުމް ކުރީ، އޭނާގެ މައްޗަށް އުފުލުނު ފޭރުމުގެ މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު