މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމެވި މި ބަދަލުގެ ދަށުން، ކޮމެޓީގެ މެންބަރުންގެ އަދަދު ވަނީ ފަސް ވަޒީރުންނަށް މަދުކުރައްވާފައެވެ. އަދި ކޮމެޓީގެ މުގައްރިރުގެ ގޮތުގައި މިހާރު ހަމަޖައްސަވާފައިވަނީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި މި ކޮމެޓީގެ އެކުލަވައިލުމަށް ބަދަލު ގެންނަން ޖެހުނީ ބައެއް މިނިސްޓްރީތަކުގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ ގުޅިގެންނެވެ. މޫސާ ޒަމީރުގެ އިތުރުން މި ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އަދި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން އެވެ.
މިއީ ރާއްޖޭގެ އިޤްތިޞާދީ އަދި ޚާރިޖީ ދާއިރާގެ އެންމެ މުހިންމު ވުޒާރާތައް ހިމެނޭ ގޮތަށް އެކުލަވައިލި ކޮމެޓީއެކެވެ.
މި ކޮމެޓީއަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށާއި އިޤްތިޞާދަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، މިއަހަރުގެ ފެބުރުވަރީ މަހު ރައީސް މުއިއްޒު އުފެއްދެވި ކޮމެޓީއެކެވެ. ކޮމެޓީގެ މެންބަރުންގެ އަދަދު މަދުކޮށް ގެނައި މި ބަދަލާއެކު، ކުރިއަށް އޮތް ތަނުގައި ކޮމެޓީގެ މަސައްކަތްތައް ކުރިއަށްވުރެ ހަރުދަނާވެ، އަވަސް ނަތީޖާތަކެއް ނެރެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
މި ކޮމެޓީގެ މައިގަނޑު ޒިންމާއަކީ ދުނިޔޭގެ މަސްރަޙުގައި ހިނގާ ކަންކަން ގާތުން ބަލައި، އޭގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ދިރާސާކުރުމެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ގައުމުގެ މާލީ ހާލަތު ހިފެހެއްޓުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަކީވެސް މި ކޮމެޓީގެ މުހިންމު މަޤްޞަދެކެވެ.\

ކިޔުންތެރިންގެ ހިޔާލު