އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި 'ބޭއަސާސް' ނުވަތަ ބޭސްލެސްް ދައުވާތަކަކާ ގުޅިގެން، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމޫޒް ކަނޑުއޮޅި އީރާނުން އަނެއްކާވެސް ކުއްލި ގޮތަކަށް ބަންދުކޮށްފިއެވެ.
އީރާނުގެ މި ނިންމުން އައިސްފައިވަނީ އެ ގައުމުގެ ނިއުކްލިއާ މުއާމަލާތްތަކާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައެވެ. އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބްލޮކްކޮށްގެން ތިބޭހާ ހިނދަކު މި ކަނޑުއޮޅި ހުޅުވާފައި ނުބާއްވާނެ ކަމަށެވެ.
މި ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލި، ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މާހިރުން އަންނަނީ ލަފާކުރަމުންނެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާގެ ބްލޮކޭޑަކީ "ކަނޑުފޭރުމުގެ" އަމަލެއް ކަމަށާއި، މި ހާލަތު ބަދަލުވަންދެން ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް ހުއްޓުވައި "ހަރުކަށިކޮށް މެނޭޖްކުރަމުން" ގެންދާނެ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ވަނީ އިއުލާންކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން ވަނީ އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު