ލޯކަލް އިންތިޚާބުން އަރިއަތޮޅު އުތުރުބުރިން ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އެއަތޮޅު ވެރިރަށް ރަސްދޫ އަށް ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒު އއ. ރަސްދޫ އަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރައީސް މުޢިއްޒަށް މަރުހަބާ ދެންނެވުމަށް ރަށުގެ ބަނދަރު ސަރަޙައްދުން ފެށިގެން ރަށުގެ ތެރެއަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވެ، އެމަނިކުފާނަށް އިސްތިޤުބާލު ކުރުމަށް ސަފުތައް އަތުރާލާފައިވެއެވެ. ރަށަށް ފައިވަޑައިގަތުމަށްފަހު، ރައީސް ވަނީ މަރުޙަބާ ދެންނެވުމަށް އެއްވެ ތިބި އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި، ސަލާމްކުރެއްވުމުގައި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
މިއީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު، ރައީސް މުޢިއްޒު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަބަލުން ސާޖިދާ އާއި ވަޒީރުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
ފާހަގަކޮށްލެވޭގޮތުގައި މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ރަސްދޫން، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީން ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ. އެގޮތުން، ރަސްދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއްގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ ޕީއެންސީންނެވެ.
މީގެ އިތުރުން، އއ. އަތޮޅުގައި އެމްޑީޕީގެ މައި މަރުކަޒެއްގެ ގޮތުގައި ފާހަގަކުރެވުނު އުކުޅަހުގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު، އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ތޮއްޑޫއިންވެސް ޕީއެންސީން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. މުޅި އއ. އަތޮޅަށް ބަލާއިރު، އެންމެ ގިނަ ގޮނޑިއާއި ވޯޓުގެ ބޮޑު އިންސައްތައެއް ކާމިޔާބުކޮށް، އެ އަތޮޅުގައި ސިޔާސީ ގޮތުން ކުރިހޯދާފައިވަނީ ވެރިކަންކުރާ ޕީއެންސީން ކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު