ދިވެހި މުޖުތަމައަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިވަމުންދާ ހަގީގަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ގައުމުގެ ގާނޫނުއަސާސީއަށް ޒަމާނީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި، ގާނޫނުއަސާސީގެ މައިގަނޑު އޮނިގަނޑުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި އިގުތިސާދީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުށަހެޅުއްވި ހުށަހެޅުއްވުންތަކާ ގުޅިގެން، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެެ.
މާރިޔާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ގައުމުގެ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ނަމަވެސް، މިހާލަތުގައި ބޭނުންވަނީ ވަކިވަކި މާއްދާތަކަށް ގެނެވޭ ކުދިކުދި ބަދަލުތަކެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ބޭނުންވަނީ މުޅި ނިޒާމަށް ޖުމްލަ ހައްލެއް ލިބިގެންދާ ފަދަ ފުރިހަމަ އިސްލާހީ ބަދަލުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންގެ ފުޅާ މަޝްވަރާއާއި، އެންމެހައި ފަރާތްތައް ޝާމިލުވާ ގައުމީ ފެންވަރުގެ ބަހުސްތަކުގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެކެވެ،" މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގާނޫނުއަސާސީއަށް ގެނެވޭ ބަދަލުތަކަކީ ދެފުށް ފެންނަ، ހަރުދަނާ ވިސްނުންތަކެއްގެ މައްޗަށް ބިނާވެފައިވާ އަދި އެންމެންގެ އިއްތިފާގުން ގެނެވޭ އިސްލާހީ ބަދަލުތަކަކަށް ވާންޖެހޭނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

There is no doubt that our Constitution must evolve to meet the changing needs and realities of our society. Piecemeal amendments are not the answer when what is required is comprehensive reform.
— Mariya Didi 🇲🇻 (@MariyaDidi) April 19, 2026
What we need is change shaped by broad public consultation and an inclusive… pic.twitter.com/OmyFowajrQ
"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންގެ ފުޅާ މަޝްވަރާއާއި، އެންމެހައި ފަރާތްތައް ޝާމިލުވާ ގައުމީ ފެންވަރުގެ ބަހުސްތަކުގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެކެވެ،" މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގާނޫނުއަސާސީއަށް ގެނެވޭ ބަދަލުތަކަކީ ދެފުށް ފެންނަ، ހަރުދަނާ ވިސްނުންތަކެއްގެ މައްޗަށް ބިނާވެފައިވާ އަދި އެންމެންގެ އިއްތިފާގުން ގެނެވޭ އިސްލާހީ ބަދަލުތަކަކަށް ވާންޖެހޭނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު