ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ވައިގެ ހަމަލާއެއްގައި އަވަހާރަވި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ހަށިކޮޅު ވަޅުނުލެވި 50 އަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އީރާނުގެ ސަރުކާރުގެ އޮފިޝަލުންނަށް އަދިވެސް ޚާމަނާއީގެ ހަށިކޮޅު ވަޅުލާނެ ވަކި ތަނެއް ކަނޑައެޅިފައި ނުވަނީ، ވަޅުލުމުގެ ރަސްމިއްޔާތަށް އިސްރާއީލުން ހަމަލާއެއް ދީފާނެތީއާއި، އެ ރަސްމިއްޔާތުގެ ތެރެއިން ސަރުކާރާ ދެކޮޅު ބޮޑެތި މުޒާހަރާތަކެއް ފެށިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އީރާނުން ކުރިން ރޭވީ މާރިޗު މަހުގެ 4 ވަނަ ދުވަހު ދައުލަތުގެ ފެންވަރުގައި ބޮޑު ޖަނާޒާއެއް ބޭއްވުމަށެވެ. ނަމަވެސް އެމެރިކާއާއި އިސްރާއީލުގެ ބޮން އެޅުންތައް ވަރުގަދަވުމާއި، ގައުމުގެ ސަލާމަތީ މަޝްރަހު އޮތް ގޮތުން އެ ރޭވުންތައް ވަނީ މެދުކަނޑާލާފައެވެ. އީރާނުގެ ވެރިކަމުގެ ނިޒާމުން މިހާރު ދަނީ ރައްކާތެރި މާހައުލެއްގައި މިކަން ކުރެވޭނެ ގޮތްތަކެއް ބަލަމުންނެވެ.
ޚާމަނާއީގެ ހަށިކޮޅު ވަޅުލުން ލަސްވަމުންދާ ދިއުމަކީ އީރާނުގެ ތާރީޚުގައި ނުފެންނަ ފަދަ ކަމެކެވެ. 1989 ވަނަ އަހަރު އީރާނުގެ ކުރީގެ ލީޑަރު ޚުމައިނީ އަވަހާރަވުމުން ބޭއްވި ޖަނާޒާގައި އެތައް މިލިއަން ބަޔަކު ބައިވެރިވިއިރު، މިފަހަރުގެ ހާލަތު ވަނީ މުޅިން ތަފާތުވެފައެވެ.
އީރާނުގެ އޮފިޝަލުންނަށް މިހާރު މަޖުބޫރުވެފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ޚާމަނާއީގެ ހަށިކޮޅު ވަޅުލުމުގެ ކަންކަން ސިއްރިއްޔާތުގައި ނުވަތަ ވަރަށް ބޮޑު ފާރަވެރިކަމެއްގެ ދަށުން ކުރިއަށް ގެންދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު