ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ކުރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އައްޔަން ކުރަށްވައިފިއެވެ.
މޫސާ ފަތުހީ މި މަގާމަށް އައްޔަންކުރެއްވިކަން ޕީއެންސީން ހާމަކުރީ ހޯމަ ދުވަހު އެ ޕާޓީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައެވެ. ފަތުހީ މި މަގާމަށް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި މުއާޒް ހަލީމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މޫސާ ފަތުހީ އަކީ މީގެ ކުރިން ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން، އޭނާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ގޮތުގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހުސްވީ، މިދިޔަ ހޮނިހިރު ދުވަހު މުއާޒް ހަލީމް އިސްތިއުފާ ދެއްވުމުންނެވެ. ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރަށްވާ މުއާޒް، ޕާޓީގެ އެސްޖީގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
މުއާޒް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އިސްލާހީ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށެވެ. މުއާޒްގެ އިސްތިއުފާ މި އައީ، މިދިޔަ ހަފުތާގައި ކެބިނެޓުގެ 10 ވަޒީރަކުވެސް ހަމަ މިފަދަ ސަބަބުތަކަށްޓަކައި އިސްތިއުފާ ދެއްވާފައިވަނިކޮށެވެ. އެ މަގާމުތަކަށް މިހާރު ވަނީ އާ ބޭފުޅުން އައްޔަންކުރަށްވާފައެވެ.
ސަރުކާރާއި ޕާޓީގެ ހިންގުމަށް މި ބަދަލުތައް އަންނަން ފަށާފައިވަނީ، އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓަށް ފަހުގައެވެ. ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނެގި ވޯޓުގައި ރައްޔިތުންގެ 68 އިންސައްތަ ވަނީ އެނިންމުމަށް ނޫނެކޭ ބުނެފައެވެ.
އެ ވޯޓުގެ ނަތީޖާއަށް ފަހު، ރައީސް މުއިއްޒު ވަނީ ދައުލަތް ހިންގުމުގެ ނިޒާމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަވާނެ ކަމަށް އިއުލާންކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު