ކޮންމެ އިންތިޚާބީ މޫސުމަކާ ދިމާކޮށް ފެންނަނީ އެއް މަންޒަރެކެވެ. ކެންޑިޑޭޓުން ހިނިތުންވުމާއެކު، ވަރުގަދަ ތަޤުރީރުތަކެއް ދީ، ރައްޔިތުން އަޑުއަހަން ބޭނުންވާ ފަދަ އުއްމީދީ ވައުދުތަކެއް ރައްޔިތުންނަށް ވާތަނެވެ. ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ގިނަ ދުވަސްވީ މައްސަލަތަކަށް ހައްލު ހޯދައިދީ، އުޖާލާ މުސްތަޤުބަލެއް ބިނާކޮށްދޭނެ ކަމަށް އެބޭފުޅުން ވައުދުވެއެވެ. އެ ވަގުތު ރައްޔިތުންގެ ހިތްތަކުގައި އާ އުއްމީދުތަކެއް އުފެދިގެންދެއެވެ.
ނަމަވެސް، އިންތިޚާބު ނިމި ބާރުތައް ލިބުމާއެކު، ކުރިން ފެނުނު ފޯރިއާއި ޖޯޝު ފަނޑުވެގެންދެއެވެ. ބަދަލަކަށް ގޮވާލި އަޑުތައް މަޑުވެ، ވައުދުތައް ފުއްދުން ލަސްވެ، ބަހަނާތައް އިތުރުވެ، ނުވަތަ އެއްކޮށް ވައުދުތައް މަތިން ހަނދާން ނައްތާލައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މާޔޫސްކަން އިތުރުވެ، އިންތިޚާބަކީ ހަމައެކަނި ބާރު ހޯދުމަށް ކުޅޭ ކުޅިވަރެއް ކަމުގެ އިހުސާސް ބޮޑުވެގެންދެއެވެ. މިއީ ހަމައެކަނި ހިތްހަމަނުޖެހޭ ކަމެއް ނޫނެވެ، މިއީ މުޖުތަމައަށް އިންތިހާ ދަރަޖައަށް ގެއްލުންހުރި ކަމެކެވެ. ވެރިން އެބޭފުޅުންގެ ވައުދުތަކާ ޚިލާފުވުމުން، ދައުލަތާއި ރައްޔިތުންނާ ދެމެދު އޮންނަ އިތުބާރު ގެއްލިގެންދެއެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް، ވޯޓުލުމުގެ ބޭނުމާ މެދު މީހުން ސުވާލު އުފެއްދަން ފަށައެވެ. ރައްޔިތުންގެ އަޑަކީ އެއްވެސް އަގެއް ނެތް އެއްޗެއް ކަމަށް އިހުސާސް ކުރެވޭ ނަމަ، ޑިމޮކްރަސީގެ ބިންގާ ބަލިކަށިވެގެންދާނެއެވެ.
އެހެންކަމުން، ޒިންމާދާރު ކުރުވުމަކީ އިޚުތިޔާރީ ކަމަކަށް ވެގެން ނުވާނެއެވެ. އެއީ ގާނޫނުގެ ތެރެއިން ކަށަވަރު ކޮށްދޭންޖެހޭ ކަމެކެވެ. އިންތިޚާބުކުރެވޭ މަގާމެއްގައި ހުރި މީހަކު، އެކަށީގެންވާ ސަބަބެއް ނެތި އޭނާގެ މަސްއޫލިއްޔަތު އަދާނުކޮށްފި ނަމަ، އޭގެ ހަރުކަށި އަދަބު ލިބޭނެ ގާނޫނީ އޮނިގަނޑެއް އޮންނަންޖެހެއެވެ. މީގެ ތެރޭގައި މަގާމުން ވަކިކުރުމާއި، ބޮޑެތި ޖޫރިމަނާތައް ކުރުމުގެ އިތުރުން، މުސްތަޤުބަލުގައި ސިޔާސީ ކަންކަމުގައި ބައިވެރިވުން މަނާކުރުން ފަދަ ކަންކަން ހިމަނަން ޖެހެއެވެ. މީގެ އިތުރުން، މި ފަދަ ޤާނޫނުތައް މިހާރަށްވުރެ ހަރުކަށިވާން ޖެހެއެވެ. އިންތިޚާބީ މަގާމެއްގައި ހުންނަވާ ބޭފުޅަކު، ގަސްދުގައި މަސްއޫލިއްޔަތުތަކަށް އިހުމާލުވެ، ނުވަތަ ފުއްދުމުގެ ނިޔަތެއް ނެތް ވައުދުތަކުން ރައްޔިތުންނަށް އޮޅުވާލައިފި ނަމަ، އެ ބޭފުޅަކަށް ޖަލު އަދަބު ހިމެނޭ ގޮތަށް ޤާނޫނީ ފިޔަވަޅު އެޅެންވާނެއެވެ. އަދި އާންމު މަސްލަހަތާ ގުޅުންހުރި އެއްވެސް އިންތިޚާބެއްގައި ކުރިމަތިލުން މުޅި އުމުރަށް މަނާކުރަންޖެހެއެވެ. ވެރިކަމަކީ ނަހަމަ ގޮތުގައި ބޭނުންކުރަން ލިބޭ އިމްތިޔާޒެއް ނޫނެވެ. ރައްޔިތުންގެ އުއްމީދުތައް ފުނޑުފުނޑުކޮށްލާ ބަޔަކަށް، އެކަން ތަކުރާރު ކުރުމުގެ ފުރުސަތު ދީގެން ނުވާނެއެވެ.
ހަމައެއާއެކު، އަޅުގަނޑުމެންނަށް ނުފެނި އޮތް އަނެއް ހަޤީގަތަކީ، މި މައްސަލައިގައި ހަމައެކަނި ވެރިންގެ ކުށެއްގެ ގޮތުގައި ބެލުމެވެ. މައްސަލައިގެ ބޮޑު ބައެއް ހިއްސާކުރަނީ ސިޔާސީ ކަންކަމުގައި ރައްޔިތުން އަމަލުކުރާ ގޮތެވެ. ގިނަ ބަޔަކު އަދިވެސް އަންނަނީ ޖަޒުބާތީ ތަޤުރީރުތަކާއި ހުސް ޝިއާރުތަކަށް ހެއްލެމުންނެވެ. ބައެއް މީހުން ތަކުރާރުވަމުންދާ ނާކާމިޔާބީތަކަށް ލޯ މަރާލައިގެން ތިބޭއިރު، އަނެއް ބަޔަކު ސިޔާސީ ފިކުރުގެ ނުފޫޒުގައި ޖެހި، ކަންކަމުގެ ހަޤީގަތާ މެދު ސުވާލު އުފެއްދުމަށް ފަސްޖެހެއެވެ. މިއީ މުޅި ޤައުމަށް ފެތުރިފައިވާ "ހުން"ގަނޑެއް ފަދަ ކަމެކެވެ. މީގެ ސަބަބުން ކަންކަން ވަޒަންކުރުމުގެ ޤާބިލުކަން ކުޑަވެ، ފާޑުކިޔުމުގެ ވިސްނުން ބަލިކަށިވެއެވެ. މި ހާލަތު ބަދަލުކުރެވޭނީ ހޭލުންތެރިކަމާއި ޒިންމާދާރުކަމާއެކުގައެވެ. ރައްޔިތުން ހަމައެކަނި ވައުދުތަކަށް ބެލުމުގެ ބަދަލުގައި، އުނދަގޫ ސުވާލުތައް ކުރަންޖެހެއެވެ. މި ކެންޑިޑޭޓަކީ މީގެ ކުރިން ކޮން ކަމެއް ކޮށްފައިވާ ބޭފުޅެއްތޯ؟ އެ ބޭފުޅެއްގެ ރޭވުންތަކަކީ އަމަލީ ގޮތުން ކުރެވިދާނެ ކަންކަންތޯ؟ އެ ބޭފުޅުން އެ ދައްކަވަނީ ތެދު ވާހަކަފުޅެއްތޯ، ނުވަތަ ހަމައެކަނި އަޑުއަހަން ރީތި ވާހަކަތަކެއްތޯ ބަލަންޖެހެއެވެ.
ދޮގު ވައުދުތަކުން ސަލާމަތްވުމަކީ ހަމައެކަނި ވެރިންގެ ވާޖިބެއް ނޫނެވެ. އެއީ ވޯޓުލާ ރައްޔިތުންގެ ވެސް ޒިންމާއެކެވެ. ވަރުގަދަ މުޖުތަމައަކީ ކަންކަން ސާފުކޮށް ދެނެގަނެ، މިނިވަންކަމާއެކު ވިސްނައި، ތަކުރާރުކޮށް އޮޅުވާލުމުގެ ފުރުސަތު ނުދޭ މުޖުތަމައެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި، އިންސާފުވެރިވުން މުހިންމެވެ. ކޮންމެ ވައުދަކީ ރޭވިފައިވާ ގޮތަށް އަކުރުން އަކުރަށް ފުއްދޭނެ ކަންކަމެއް ނޫނެވެ. ކުއްލި ގޮންޖެހުންތަކާ ކުރިމަތިވެދާނެއެވެ. އިޤްތިޞާދީ ނުވަތަ ދުނިޔެއަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަންކަން ބަދަލުވެދާނެއެވެ. ހަރުދަނާ ނިޒާމެއްގައި މިފަދަ ހަޤީގީ ދަތިތަކަށް ޖާގަ އޮންނަންވާނެއެވެ. ނަމަވެސް، އިޚުލާޞްތެރި މަސައްކަތާއި ގަސްދުގައި އިހުމާލުވުމާ ދެމެދު ބޮޑު ތަފާތެއްވެއެވެ. ވެރިންނަކީ ކުރިއެރުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި، ޒިންމާދާރުކަން ދައްކަން މަޖުބޫރު ބަޔަކަށް ވާންޖެހެއެވެ.
މިކަން ހާސިލުކުރުމަށްޓަކައި، ވެފައިވާ ވައުދުތަކާ ގުޅޭ ގޮތުން ގަވާއިދުން އާންމުކުރާ ރިޕޯޓުތަކާއި، މިނިވަން މުއައްސަސާތަކުން އެކަންކަން ވަޒަންކުރުމާއި، ރައްޔިތުންނަށް ޝަކުވާ ހުށަހެޅޭނެ ޤާނޫނީ މަގުތައް ބިނާކުރެވިދާނެއެވެ. އެކަށީގެންވާ ސަބަބެއް ނެތްގޮތުގައި މަސްއޫލިއްޔަތު އަދާކުރުމުގައި ފެއިލްވެއްޖެ ނަމަ، ވަގުތުން ފިޔަވަޅު އެޅެންވާނެއެވެ. ބައެއް ބޭފުޅުން ވިދާޅުވެދާނެ މިފަދަ ހަރުކަށި ޤާނޫނުތަކުގެ ސަބަބުން ސިޔާސީ ދާއިރާއަށް ނުކުންނަން މީހުން ޖެހިލުންވާނެއެވެ. ނަމަވެސް މީގެ ސަބަބުން ނުކުންނާނީ މުޅިން ތަފާތު ނަތީޖާއެކެވެ. މީގެ ސަބަބުން ސިޔާސީ ދާއިރާއަށް ޝައުގުވެރިވާނީ ތެދުވެރި، ޒިންމާދާރު، އަދި ދައްކާ ވާހަކައާ އެއްގޮތަށް އަމަލުކުރަން ކެރޭ، ނަތީޖާ ނުނެރެވިއްޖެ ނަމަ އޭގެ ޒިންމާ އުފުލަން ތައްޔާރަށް ތިބި މީހުންނެވެ.
މީގެ އަސްލަކީ ރައްޔިތުންނަށް ކުރާ އިހުތިރާމެވެ. ސިޔާސީ ބޭފުޅުން ވޯޓަށް އެދިވަޑައިގަންނަވާއިރު، އެ އެދިވަޑައިގަންނަވަނީ ރައްޔިތުންގެ އިތުބާރަށެވެ. އެ އިތުބާރަކީ ލުއި ގޮތަކަށް ދެކޭ ނުވަތަ ބާރު ހޯދުމަށް ބޭނުންކޮށްފައި އުކާލާ އާލަތަކަށް ވެގެން ނުވާނެއެވެ. ހަޤީގީ ފިޔަވަޅުތަކެއް ނޭޅޭ ނަމަ، އެއްވެސް ބަދަލެއް ނާންނާނެއެވެ. ވައުދުވުމާއި މާޔޫސްކުރުމުގެ ބުރު ތަކުރާރުވަމުންދާނެއެވެ. ނަމަވެސް، ވެރިންނަށް އެބޭފުޅުންގެ މަޤާމާއި، އަބުރާއި، އަދި މިނިވަންކަން ވެސް ގެއްލިދާނެކަން އެނގޭ ހިސާބުން، ހުސް ވައުދުތައް ވުމުގެ ކުރިން ދެވަނަ ފަހަރަށް ވިސްނާނެއެވެ. ޑިމޮކްރަސީއަކީ ހަމައެކަނި ވޯޓުލާ ދުވަހުން ނިމޭ އެއްޗެއް ނޫނެވެ. އެއީ ޒިންމާދާރުކުރުވުމުގެ ތެރެއިން ދެމިއޮންނަންޖެހޭ ނިޒާމެކެވެ. އަދި ބައެއް ފަހަރު، އެ ޒިންމާދާރުކަން ކަށަވަރުކުރުމަށް އޮތް ހަމައެކަނި މަގަކީ އެކަން ޤާނޫނަކަށް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު