ވެރިކަމުގެ ބާރުތަކާއި ނުފޫޒު ބޭނުންކޮށްގެން އިންތިޚާބުތަކަށް ނުފޫޒު ފޯރުވިކަމަށް ގައުމެއްގެ ވެރިއަކު އިއުތިރާފުވެއްޖެ ނަމަ، އެ މައްސަލަ ބަލައި ތަހުގީގު ކުރުމަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގާނޫނުން ލާޒިމުކުރާ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ގައުމެއްގެ އެންމެ މަތީ ވެރިޔަކު، ވެރިކަމުގެ ދައުރުގެ ބޮޑު ބައެއް ނިމުމުން ނިކުމެ، ކުރިން ކަންތައްތައް ކުރީ މަގާމުގެ ނާޖާއިޒު ފައިދާއާއި ނުފޫޒު ބޭނުންކޮށްގެން ކަމަށް ބުނުމަކީ ސީރިއަސް މައްސަލައެކެވެ.
ޚާއްސަކޮށް، އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށްޓަކައި ވަޒީފާތަކާއި މަގާމުތައް ދިން ކަމަށާއި، އެ މަގާމުތައް ދިނުމުގައި އެއްވެސް ވަރަކަށް އުސޫލުތަކަށް ނުވަތަ "މެރިޓަށް" ބަލާފައި ނުވާނެ ކަމަށް އިއުތިރާފުވާ ހިސާބުން، އެ މީހެއްގެ މައްޗަށް ތަހުގީގު ހިންގަން ޖެހޭނެ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.
މިގޮތުން އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް އެކަން ތަހުގީގު ކުރުން ގާނޫނުން ލާޒިމުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި ތަކުރާރުކޮށް ދޮގުތައް ހެދުމާ ވައުދާއި ޚިލާފުވިކަމަށް މިކަމުން އިޢްތިރާފު ލިބޭއިރު، ޑިމޮކްރަސީތަކުގައި ވެރިންގެ މިފަދަ އަމަލުތަކަށް މާފެއް ނޯވޭ،" ޖަމީލްގެ ޕޯސްޓުގައިވެއެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ، މިއީ "ވިޔާނުދާ" ވެރިން އަމަލުކުރާ ގޮތް ކަމަށާއި، މިފަދަ ކަންކަން ހާމަވުމުން އެފަދަ ވެރިން މަގާމުން ދުރުވާން މަޖުބޫރުވާނެ ކަމަށެވެ.
ޖަމީލް މިހެން ވިދާޅުވެފައި މިވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކެމްޕެއިނަކާ ގުޅިގެން ނުވަތަ އެހެން ކަމަކާ ގުޅިގެން ވިޔަސް ސިޔާސީ ވަޒީފާ ދިނުން މިހާރު ހުއްޓާލާފައިވާ ކަމަށާއި، ދެން އެކަން ނުކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު