ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެސް މައުލޫމާތެއް ހިއްސާނުކޮށް، ރައްޔިތުންގެ މަޖިލިސް "ވާނުވާ" އެއްގައި ބާއްވާފައިވާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ސަރުކާރު ހިންގާ ގޮތުން ގައުމަށް ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށާއި ކަންބޮޑުވާންޖެހޭ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް، ޤައުމުގެ ޙަޤީޤީ ޙާލަތު ރައްޔިތުންގެ މަޖިލީހާ ހިއްސާނުކުރާތީ، މާދަމާ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގެންނާނެ ފައިސާ ދައުލަތުގައި ހުރިކަން ނުވަތަ ނެތްކަން ވެސް މިއަދު މަޖިލީހަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ޝަމްހީދު ވިދާޅުވީ އާއްމު އުސޫލުން ހާމަކުރަންޖެހޭ މާލީ ހިސާބުތައް ނުފެންނާތާ މިހާރު ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. "މިފަދަ މުހިންމު މައުލޫމާތުތައް އެނގެން ޖެހޭ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް." ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ދައުލަތުގެ ދަރަނީގެ އިތުރުން، ސަރުކާރުގެ ބޮޑެތި ކުންފުނިތައް ވެސް އޮތީ ބޮޑު ދަރަނީގެ ތެރޭގައި ކަމަށް ޑރ. ޝަމްހީދު ތުހުމަތު ކުރެއްވިއެވެ. އެގޮތުން އެމްއޭސީއެލްގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓަށް ރިއާޔަތް ކުރަށްވައި އޭނާ ވިދާޅުވީ، އެ ކުންފުނިން އެކަނިވެސް އެއް އަހަރު ތެރޭގައި 1.5 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 860 މިލިއަނަކީ ކުރު މުއްދަތުގެ ދަރަނި ކަމަށެވެ.
ސަރުކާރުގެ ޚަރަދުތަކަށް ފާޑުވިދާޅުވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތަށް ލިބުނު ޑޮލަރުން ލޯނު ދެއްކުމުގެ ބަދަލުގައި، އެ ފައިސާ ހޭދަކުރަނީ އުސޫލެއް ނެތް ކަންކަމަށް ކަމަށެވެ. "މި ގިނަ ޚަރަދުތައް މި ކުރީ ފުށިދިއްގަރުފަޅު ހިއްކުމަށާއި، ޑްރޯން ގަތުމަށާއި، މޯލްޑިވްސް 2.0 ސޮފްޓްވެއަރ ގަތުމަށް. މިއީ މިއަދު ރައްޔިތުންނަށް އޮތް ކްރައިސިސްއެއް ނޫން." އޭނާ ވިދާޅުވިއެވެ.
އޭގެއިތުރުން ޑރ. ޝަމްހީދު ވިދާޅުވީ، ގައުމުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ދަރަނީގެ މައްސަލަ ކަމަށާއި، އެކަން ހައްލުކުރުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކުން ދައުލަތަށް ފައިސާ ދިން ނަމަވެސް، އެ ފައިސާ ދިޔަ ގޮތެއް އެނގެން ނެތް ކަމަށެވެ. އެހެންކަމުން، ސަރުކާރުން ހަގީގީ މައްސަލަ ގަބޫލުކޮށް، ގައުމުގެ ހާލަތު ރައްޔިތުންނަށް ސާފުކޮށް ބުނެދިނުމަށް ޑރ. ޝަމްހީދު ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު