ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މިއަދު އެމްޑީޕީއަށް ޖޯކު ޖައްސަވަމުން ގެންދަވާއިރު، މީގެކުރިން އެބޭފުޅާ ވެސް ތާއީދު ކުރެއްވީ އެމްޑީޕީގެ ސިޔާސަތުތަކަށް ކަމަށް ވިދާޅުވެ، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް، ޒަރީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، މެންބަރު ޒަރީރު މިހާރު އެމްޑީޕީގެ ވެރިކަމުގައި ކަންކަން ރަނގަޅަށް ނުކުރި ވާހަކަ ދެއްކެވި ނަމަވެސް، 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު ޒަރީރު ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ދުވަހު ޒަރީރު ވާހަކަ ދެއްކެވީ އެމްޑީޕީގެ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދު ކުރަށްވައިގެންކަން އަމީން ފާހަގަކުރެއްވިއެވެ.
"ނަވާރަވަނަ މަޖިލީހުގައި އެމްޑީޕީ މެންބަރެއްގެ ގޮތުގައި އިނދެފައި މިއަދު ބޯވައެއްހެން ކުލަ ބަދަލުކޮށްގެން އައިސް އަނެއްކާ ސަނާ މި ކިޔަނީ 20 ވަނަ މަޖިލީހުގައި ޕީއެންސީއަށް. ޖޯކު ޖައްސަވާފައި އެ ދުވަހު އެ ބޭފުޅާ ކުރެއްވި ކަންކަމަށް ޖޯކު ޖައްސަވަނީ އެބޭފުޅާ." އަމީން ވިދާޅުވިއެވެ.
ހަމައެއާއެކު އަމީންގެ ވާހަކަފުޅުގައި ވިދާޅުވީ، މިއީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ހާލަތު ހުރި ގޮތް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާއިރު، ވަކި ޕާޓީއެއްގެ ކުލައަށް ބެލުމުގެ ބަދަލުގައި އެއަށްވުރެ އިހުލާސްތެރިކަމާއެކު މެންބަރުން ވާހަކަ ދައްކަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހުގެ ބަހުސް ހޫނުވެގެން ދިޔައީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން މެންބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު