ރާއްޖެ ހަމަމަގަށް އެޅުވުމުގެ މަސައްކަތާއެކު ދެން ފެށިގެންދާނީ ޕީއެންސީގެ ހަޤީޤީ ވެރިކަން ކަމަށް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު މިރޭ ވިދާޅުވެއްޖެއެެވެ.
ޝުޖާޢު މިހެން ވިދާޅުވީ މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ.ފިއްލަދޫ އިން ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މާލޭގައި ހުންނަ މިރޭ އެޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގަައި ވާހަކަދައްކަވަމުންނެވެ.
މިޖަލްސާގައި ޝުޖާޢު ވަނީ އިދިކޮޅު އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.ޝުޖާޢު ވިދާޅުވީ އެމްޑީޕީން ބޭނުންވާ ކަހަލަ ބަދަލެއް ދިވެހިން ބޭނުންނުވާ ކަމަށާއި، ރައްޔިތުން އެދެނީ "ދިވެހިންގެ ރާއްޖެ" އަމާން އައްސޭރިއަކަށް ގެންގޮސްދީ، ރާއްޖޭގައި އަމާންކަމާއެކު ދިރިއުޅެން ކަމަށެވެ. އެމްޑީޕީގެ "އަނެއް ދިވެހިރާއްޖެ" އަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ، އެއީ މިސްކިތްތަކަށް ކުޑަކަމުދިޔުމާއި ދައުލަތުގެ ހަރުމުދާ ވިއްކުން ފަދަ ކަންކަމަކީ މާބޮޑު ކަމަކަށް ނުވާނެ ނާމާން ރާއްޖެއެއް ކަމަށެވެ.
ނިމިދިޔަ ސަރުކާރުގެ ދަރަނީގެ ސިޔާސަތަށް ފާޑުވިދާޅުވަމުން ޝުޖާޢު ވިދާޅުވީ، އެ ސަރުކާރުން ލޯނު ނެގީ އެއަށް ޒިންމާވާނެ ގޮތެއް ނުބަލާ ކަމަށެވެ.
"އެރާއްޖޭގައި ނެގިހާ ލޯނު ނަގަން ޖެހުނީ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި، މަޖީދީމަގާއި އަދި އަޅުގަނޑުމެން ފިލްމު ބަލަންދާ އޮލިމްޕަސް ވެސް ރަހުނު ކޮށްފައި. މިކަމުން ގައުމު ސަލާމަތް ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު،" ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު އިތުރަށް ވިދާޅުވީ، މާތްﷲގެ ރަޙުމަތާއެކު ޤައުމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށާއި، މިއީ ޕީއެންސީގެ ހަޤީޤީ ވެރިކަމުގެ ފެށުން ކަމަށެވެ. މި ބަދަލާއެކު އަތޮޅުތެރޭގައި ތިއްބެވި ޕާޓީގެ މެންބަރުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެންދާނެ ކަމަށާއި، ޕާޓީގެ ގްރާސްރޫޓުން މި ހެޔޮ ބަދަލަށް ތައްޔާރުވުމަށް އޭނާ ގޮވާލެއްވިއެވެ.
ޝުޖާޢު ވިދާޅުވީ، ރައީސް މުޢިއްޒާއި ޕާޓީގެ ލީޑަރޝިޕުން ތިބީ ރައްޔިތުންނަށްޓަކައި އިޚްލާޞްތެރި އަދި ތެދުވެރި މަސައްކަތްތަކެއް ކޮށްދިނުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު