2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްވުރެ، 2012 ވަނަ އަހަރުގެ ބަޣާވާތުން ލިބުނު ގެއްލުމާއި އަނިޔާ މާބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުالله ޝަފީޤު (ވެލިދޫ މޯޑު) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ވެލިދޫ މޯޑު މިއަދު ވިދާޅުވީ ރައީސް ނަޝީދު ލީޑު ކުރެއްވި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ބަޣާވާތަކުން ވައްޓާލުމަކީ މި ރާއްޖޭގެ ސިޔާސީ ނިޒާމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ހީނަރުކަން ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، 2023 ގެ އިންތިޚާބު ނާކާމިޔާބުވުމަކީ ސިޔާސީ ވާދަވެރިކަމެއްގެ ތެރެއިން ވީކަމެއް ނަމަވެސް، 7 ފެބްރުއަރީ 2012 ގައި ހިނގި ބަޣާވާތާއެކު އެމްޑީޕީއަށް ލިބުނު ނިކަމެތިކަމާއި، ރައްޔިތުންނަށް ލިބުނު އަނިޔާއަކީ އޭގެ އަސަރު މިއަދާ ހަމައަށްވެސް ދެމިގެންވާ ކަންކަން ކަމަށެވެ.
2012 ފެބްރުއަރީ 7 ގެ ޙާދިސާތަކަށް އަލިއަޅުވާލަމުން މޯޑު މީގެ ކުރިން ވިދާޅުވެފައިވަނީ، އެ ދުވަހު ހިނގާދިޔަ ކަންކަމަކީ ރާއްޖޭގެ ތާރީޚުގައި ކަޅު އަކުރުން ލިޔެވިފައިވާ ކަންކަން ކަމަށެވެ.
ވެލިދޫ މޯޑު މިހެން ވިދާޅުވެފައިވާއިރު، މިހާރު އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް މަޤާމުތަކުގައާއި، ޕާލިމެންޓަރީ ގްރޫޕްގައި ތިއްބެވި ބައެއް ބޭފުޅުންނަކީ، ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގެ "ބަޣާވާތް" ލީޑުކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ކަމަށް ރައީސް ނަޝީދުގެ ސަޕޯޓަރުން ގެންދަނީ ބުނަމުންނެވެ. އަދި މިއީ އެމްޑީޕީގެ ޙަޤީޤީ އާންމު މެންބަރުންނަށް ގަބޫލުކުރަން ދަތި އަދި ހިތްދަތި ކަމެއްގެ ގޮތުގައި ޗެއަރޕާސަން އިންތިޚާބުގައި ރައީސް ނަޝީދަށް ތާޢީދު ކުރަށްވާ ބައެއް ބޭފުޅުން ފާހަގަ ކުރަށްވައެވެ.
2012 ގެ ވާހަކަތައް މިއަދު އަލުން މީސްމީޑިއާގައި ދެކެވެން ފަށާފައި މިވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވާން މެދުވެރިވި ސަބަބުތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވާހަކަދައްކަވަން ފެއްޓެވުމާ ގުޅިގެންނެވެ. އެގޮތުން 2023 އެމްޑީޕީއަށް ގެއްލެން މެދުވެރިވީ އެންމެ ބޮޑު ސަބަބަކީ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީ ދޫކޮށްލެއްވުން ކަމަށް އެމްޑީޕީގެ އިސްސަފުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ރައީސް ޞާލިޙްގެ ވެރިކަމުގައި އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއި، ރައީސް ނަޝީދު ޕާޓީން ވަކިވެވަޑައިގަތުމަކީ އިންތިޚާބުގެ ނަތީޖާއަށް ވަރަށް ބޮޑަށް އަސަރުކުރި ކަމެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ރައީސް ނަޝީދާއި ވާދަ ކުރަށްވާ މީކާއީލަށް ތާޢީދު ކުރަށްވާ ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެމްޑީޕީގެ މެންބަރުންގެ މެދުގައި 2012 އާއި 2023 ގެ ބަޙުސެއް އުފެދިފައިވާއިރު، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ފޯރި ވަނީ ގަދަވެފައެވެ.

ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ބަޣާވާތަކުން ވައްޓާލުމަކީ، މި ރާއްޖޭގެ ސިޔާސީ ނިޒާމަށް ލިބުނު އެންމެ ބޮޑު ހީނަރުކަން. އެމްޑީޕީ އަށް 2023 ގެ ރިޔާސީ އިންތިޚާބު ނާކާމިޔާބު ވުމަށްވުރެވެސް، ބަޣާވާތާއެކު ޕާޓީއަށް ލިބުނު ނިކަމެތިކަމާއި ރައްޔިތުންނަށް ލިބުނު އަނިޔާ މާބޮޑު!
— Mohd Abdulla Shafeeg (@mashafeeg) April 26, 2026
ވެލިދޫ މޯޑު މިހެން ވިދާޅުވެފައިވާއިރު، މިހާރު އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް މަޤާމުތަކުގައާއި، ޕާލިމެންޓަރީ ގްރޫޕްގައި ތިއްބެވި ބައެއް ބޭފުޅުންނަކީ، ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގެ "ބަޣާވާތް" ލީޑުކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ކަމަށް ރައީސް ނަޝީދުގެ ސަޕޯޓަރުން ގެންދަނީ ބުނަމުންނެވެ. އަދި މިއީ އެމްޑީޕީގެ ޙަޤީޤީ އާންމު މެންބަރުންނަށް ގަބޫލުކުރަން ދަތި އަދި ހިތްދަތި ކަމެއްގެ ގޮތުގައި ޗެއަރޕާސަން އިންތިޚާބުގައި ރައީސް ނަޝީދަށް ތާޢީދު ކުރަށްވާ ބައެއް ބޭފުޅުން ފާހަގަ ކުރަށްވައެވެ.
2012 ގެ ވާހަކަތައް މިއަދު އަލުން މީސްމީޑިއާގައި ދެކެވެން ފަށާފައި މިވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވާން މެދުވެރިވި ސަބަބުތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވާހަކަދައްކަވަން ފެއްޓެވުމާ ގުޅިގެންނެވެ. އެގޮތުން 2023 އެމްޑީޕީއަށް ގެއްލެން މެދުވެރިވީ އެންމެ ބޮޑު ސަބަބަކީ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީ ދޫކޮށްލެއްވުން ކަމަށް އެމްޑީޕީގެ އިސްސަފުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ރައީސް ޞާލިޙްގެ ވެރިކަމުގައި އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއި، ރައީސް ނަޝީދު ޕާޓީން ވަކިވެވަޑައިގަތުމަކީ އިންތިޚާބުގެ ނަތީޖާއަށް ވަރަށް ބޮޑަށް އަސަރުކުރި ކަމެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ރައީސް ނަޝީދާއި ވާދަ ކުރަށްވާ މީކާއީލަށް ތާޢީދު ކުރަށްވާ ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެމްޑީޕީގެ މެންބަރުންގެ މެދުގައި 2012 އާއި 2023 ގެ ބަޙުސެއް އުފެދިފައިވާއިރު، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ފޯރި ވަނީ ގަދަވެފައެވެ.
ކިޔުންތެރިންގެ ހިޔާލު