ކޯޓު އަމުރެއްގެ ދަށުން 'އަދަދު' ނޫހުގެ އޮފީސް ބަލައި ފާސްކުރަމުންދާ ދިއުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އެކަން ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރައްވައިފިއެވެ.
ފުލުހުން ބުނީ، އެ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 'އަދަދު' ނޫހުގެ އޮފީސް ބަލައި ފާސްކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިކަމާ ގުޅިގެން 'އަދަދު' ނޫހުން ގެނެސްދިން ލައިވް ކަވަރޭޖެއްގައި ބުނެފައިވަނީ، ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެފައިވަނީ އެ ނޫހުން ދާދިފަހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ކަމަށެވެ. މި ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ އެކަންތައް ދޮގުކޮށްފައެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ރައީސް ވަނީ ކަމާ ގުޅުންހުރި އިދާރާތަކުގައި އެދިވަޑައިގެންފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، 'އަދަދު' ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށް ބިރުދެއްކުމަށް ސަރުކާރުން ހިންގާ ފާޅުކަން ބޮޑު އަމަލެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.
"މިފަދަ އަމަލުތަކަކީ، ނޫސްވެރިކަމުގެ މިނިވަންކަމަށާއި މަޢުލޫމާތު ހޯދުމަށް ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކަށް އަރައިގަތުމަށް ހިންގާ ސީދާ ޙަމަލާއެކެވެ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިމިޤްރާތީ ނިޒާމުގެ އެންމެ މުހިންމު އެއް އަސާސެވެ. އަދި އެއީ ވެރިކަމުގެ ބާރުގައި ތިބޭ ބަޔަކު ބޭނުންވުމުން ދޫކޮށްފައި، ނުވަތަ ބޭނުންވުމުން ހިފަހައްޓަން އޮންނަ ޚާއްޞަ އިމްތިޔާޒެއް ނޫން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު