ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްވާ ގޮތަށް ރާއްޖޭގެ މީޑިއާއަކުން ތައްޔާރުކޮށް އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން އަދާކޮށްފައިވާ އީޝާ އަޝްރަފާއި އެ ނޫހުގެ ދެ އިސްވެރިއެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
މިދިޔަ މަހުގެ ފަހުކޮޅު އާންމުކުރި މި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، ރޭގެ ވަގުތަކުން ފެށިގެން ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ހުޅުމާލޭގައި އީޝާ އަޝްރަފު ދިރިއުޅޭ އެޕާޓްމަންޓަށް ފުލުހުން މިއަދު ގޮސް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވަނީ ރައްދުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އީޝާގެ ޕާސްޕޯޓާއި ޓްރެވެލް ޑޮކިއުމަންޓްތައް ހިފަހައްޓާފައިވަނީ އިއްޔެއިން ފެށިގެން އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަށެވެ. ފުލުހުން އީޝާގެ މައްޗަށް ތުހުމަތު ކުރަނީ އެ ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި ބައިވެރިވި ކަމަށެވެ. މީގެ އިތުރުން އީޝާ ރާއްޖެއިން ފުރައިގެން ފިލަން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އީޝާގެ އިތުރުން، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަންގެ ޕާސްޕޯޓް ވެސް ވަނީ ތިން މަސްދުވަހުގެ މުއްދަތަށް ހިފަހައްޓާފައެވެ. މި މައްސަލައިގައި ފުލުހުން ރޭ ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެ ތަނުގައި ހުރި ބައެއް އާލާތްތައްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން މި ތިން މީހުންގެ މައްޗަށް ތަހުގީގު ކުރަމުންދަނީ ރައީސް މުޢިއްޒުއާ ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ވީޑިއޯގައި ވާހަކަ ދައްކާ އަންހެން މީހާއަކީ އީޝާ އަޝްރަފެވެ. މި މައްސަލައިގައި ފުލުހުން ހަވާލާދެނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ (ކުށެއް ކުރުމުގައި ބައިވެރިވުން) އަދި 612 ވަނަ މާއްދާ (ގަޒުފްކުރުން) އަށެވެ.
ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ކުރެވޭ ގަޒުފްކުރުމުގެ ކުށަކީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށް ސާބިތުވެއްޖެ ނަމަ، 1 އަހަރާއި 7 މަހުގެ ޖަލު ހުކުމަކާއެކު 80 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު އަންނާނެއެވެ.
މި ޑޮކިއުމަންޓަރީގައި ހިމެނޭ ހުރިހާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް ރައީސް ވަނީ ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފައެވެ. ފުލުހުން ޖިނާއީ ތަހުގީގެއް ފަށައި ކޯޓު އަމުރުތައް ހޯދާފައިވަނީ ރައީސްގެ އެ އެދިވަޑައިގަތުމާ ގުޅިގެންނެވެ. އީޝާ އަޝްރަފަކީ މި ސަރުކާރުގެ ރައީސް އޮފީހުގެ ސިޔާސީ މަގާމެއްގައި ހުންނެވުމަށްފަހު، އެހެން ދެ މިިނިސްޓްރީއަކަށް ބަދަލުކޮށް، ފަހުން ސަރުކާރުން ވަކިކޮށްފައިވާ ފަރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު