އަޝްވާގް ފައުޒީ   29 އޭޕްރީލު 2026 - 8:46
ފޭދޫ ސްކޫލް
ފޭދޫ ސްކޫލް
އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން މިހާރު ދަނީ ސްކޫލް ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ ފޭދޫ ސްކޫލް ލައިބްރަރީ ބޭރުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު މިއަދު 8:20 ހާއިރު ލިބުމާ އެކު، ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވައިލެވިފައިވަނީ މިއަދު 8:56 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް ލައިބްރަރީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތަން އެމްއެންޑީއެފް އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެނެއެވެ. އެގޮތުން އެތަނުގައި ހުރި ކަބަޑުތަކާއި ފޮތްތަކުގެ އިތުރުން ދޮރާއި އޭސީވެސް ވަނީ އެކީ އަނދާ ހުލިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު