ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފޮނުވި ސިޓީއަކީ ގާނޫނުތަކާ ފުށުއަރާ، ފެންވަރު ދަށް ސިޓީއެއް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހް ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންއެފްގެ މުޒާހަރާތަކާ ގުޅުވައިގެން އީސީން ފޮނުވި އެ ސިޓީއަކީ ސަރުކާރުގެ ނުފޫޒުން ފޮނުވާފައިވާ އެއްޗެއް ކަމަށެވެ. އަދި އެއީ މީޑިއާއާ ހިއްސާކުރާ ވަރަށްވުރެވެސް ފެންވަރު ދަށް ސިޓީއެއްގެ ގޮތުގައި މަލީހް ސިފަކުރެއްވިއެވެ.
"ޕީއެންއެފް އިން ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅިގެން އީސީ އިން ޕީއެންއެފް އަށް ފޮނުވި ސިޓީ އަކީ ގާނޫނުތަކާ ފުށުއަރާ ފެންވަރު ދަށް ސިޓީއެއް. ސަރުކާރުގެ ނުފޫޒު. މީޑިއާއަށް ހިއްސާކުރާ ވަރަށްވުރެވެސް ފެންވަރު ދަށް ސިޓީއެއް. ގާނޫނީ ޖަވާބު އީސީ އަށް ފޮނުވާނަން،" މަލީހް ވިދާޅުވިއެވެ.
އީސީން މި ސިޓީ ފޮނުވާފައިވަނީ ޕީއެންއެފްގެ އިސް ވެރިޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެޑްރެސްކޮށެވެ. އެ ސިޓީގައި އީސީން ވަނީ އެ ޕާޓީގެ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ވާހަކަ ދައްކަމުންދާ ކަމަށާއި، އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ބުނެފައެވެ.
މީގެ އިތުރުން، ސިޔާސީ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުކިޔައި އަބުރަށް އަރައިގަތުމާއި، މުޖުތަމައުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލުމަށްވެސް އީސީން ވަނީ އެ ޕާޓީއަށް އިލްތިމާސްކޮށްފައެވެ. އީސީން ބުނެފައިވަނީ ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
ނަމަވެސް، މަލީހް ވަނީ އީސީގެ މި އެންގުމަކީ ގާނޫނީ ބުރަދަނެއް ނެތް، ސިޔާސީ ނުފޫޒުން ފޮނުވާފައިވާ އެންގުމެއް ކަމަށް ތުހުމަތުކުރައްވައި، އެކަމަށް ރަސްމީކޮށް ގާނޫނީ ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު