އިންޑިއާގެ އޮޑިޝާ ސްޓޭޓްގައި، މަރުވެފައިވާ އޭނާގެ ދައްތަގެ އެކައުންޓުގައި ހުރި ފައިސާ ނެގުމަށްޓަކައި، ދައްތަގެ ކަށިގަނޑު ކޮނޑަށްލައިގެން ބޭންކަށް ގެންދިޔަ މީހެއްގެ މައްސަލަ ބޮޑުވެ، އެންމެ ފަހުން ބޭންކުން އެ ފައިސާ އޭނާއާ ހަވާލުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އޮޑިޝާގެ ކިއޮންޖާރު ޑިސްޓްރިކްޓްގައި ހުންނަ އޮޑިޝާ ގްރާމީން ބޭންކުގައެވެ.
ޖީތޫ މުންޑާ ނަމަކަށް ކިޔާ މި މީހާގެ ދައްތަ، ކަކްރާ މުންޑާ މަރުވީ މީގެ ދެ މަސް ކުރިންނެވެ. އޭނާގެ އެކައުންޓުގައި ހުރި 19،402 ރުޕީސް ނެގުމަށް ޖީތޫ ބޭންކަށް ދިއުމުން، ބޭންކުން އެދިފައިވަނީ މަރުވިކަމުގެ ސާޓިފިކެޓާއި ވާރުތަވެރިން ކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހެޅުމަށެވެ.
ނަމަވެސް، ތައުލީމެއް ނެތް ފަގީރު ޓްރައިބަލް މީހަކަށް ވުމުން، އެފަދަ ލިޔެކިޔުންތައް ތައްޔާރުކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ.
އަދި ބޭންކުން ބުނި ވާހަކަތައް އޮޅުންނުފިލައި، ދައްތަ ހާޒިރުކުރަން ބޭންކުން އެދުނީ ކަމަށް ހީކޮށް، އޭނާ ވަނީ ކަށްވަޅުން ދައްތަގެ ކަށިގަނޑު ކޮނެގެން ނެރެ، ފޮތި އޮޅައިގެން ކޮނޑަށް ލައިގެން ތިން ކިލޯމީޓަރު ދުރަށް ހިނގާފައި ބޭންކަށް ގޮސްފައެވެ.
މި މަންޒަރު ފެނިފައިވާ އާންމުން ބޭންކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު، ބޭންކުން ބުނެފައިވަނީ އެމީހާ ބޭންކަށް އައިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، ބޭންކުން ދެއްކި ވާހަކަތައް އޭނާއަށް އޮޅުނީ ކަމަށެވެ.
ބޭންކުން ދުވަހަކުވެސް މަރުވެފައިވާ މީހަކު ހާޒިރުކުރަން ނޭދޭނެ ކަމަށާއި، ހަމައެކަނި ބޭނުންވީ ގާނޫނީ ލިޔެކިޔުންތައް ކަމަށް ބޭންކުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާ ސޯޝަލް މީޑިއާގައި ވައިރަލްވުމާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ ވަގުތުން އެމީހާއަށް އެހީތެރިވެދީފައެވެ.
ސަރުކާރުގެ އިދާރާތަކުން މަރުވިކަމުގެ ސާޓިފިކެޓާއި ވާރުތަވެރިންގެ ސެޓިފިކެޓް ހަމަޖައްސައިދިނުމުން، ބޭންކުން މިހާރު ވަނީ އެ ފައިސާ ޖީތޫއާއި އޭނާގެ އާއިލާގެ އެހެން ވާރުތަވެރިންނާ ހަވާލުކޮށްފައެވެ. ފުލުހުންގެ އެހީތެރިކަމާއެކު ދައްތަގެ ކަށިގަނޑު މިހާރުވަނީ އަލުން ވަޅުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު