ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް ނެގުނު ވޯޓާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ، ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ޕާޓީގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަޙު ހޫނުވެފައިވަނީ، އިއްޔެ މަޖިލީހުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާނަށް ރުހުން ދިނުމަށް ނެގުނު ވޯޓުގައި، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުުލްޣަފޫރު މޫސާ އާއި ޕީޖީ ގްރޫޕްގެ އިސް މެންބަރުންތަކެއް އިޙްސާންގެ ރުހުން އޮތް ކަމަށް ވޯޓު ދެއްވުމާ ގުޅިގެންނެވެ.

އެކަމާގުޅިގެން ޙުސައިން މުޙައްމަދު ދީދީ ވިދާޅުވެފައިވަނީ، މި ސަރުކާރުން "ލޮބީކޮށްގެން" އޮޕްޒިޝަން ޕާޓީގެ ލީޑަރާއެކު ދިން ވޯޓަކީ ގަސްތުގައި ޕާޓީގެ އަގުވައްޓާލުމަށް ދިން ވޯޓެއް ކަމަށެވެ. އަދި މި މައްސަލައިގައި ބައެއް މެންބަރުން މާފަށް އެދެމުންދަނީ އެމްޑީޕީގެ އާންމު މެންބަރުންނަށް ކަންކަން އޮޅުވައިލުމަށް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.



ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގެ ތަފުސީލަށް ބަލާއިރު، ހޯމް މިނިސްޓަރު ޢަލީ އިޙްސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ 8 މެންބަރަކު ވޯޓު ދެއްވިއެވެ. ނަމަވެސް، އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ އިޙްސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި ކަނޑިީތީމު ދާއިރާގެ މެންބަރު އަމީން ފައިސަލާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިމް މި ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

މި މައްސަލަ އެމްޑީޕީގެ ތެރޭގައި ހޫނުވެފައި މިވަނީ، ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ ފޯރި ގަދަވެ، އެތެރޭގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ މި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ޕާޓީގެ އާންމު މެންބަރުންގެ މެދުގައިވެސް ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.

އެމްޑީޕީގެ އާންމު މެންބަރުން ސޯޝަލް މީޑިއާގައި ގެންދަނީ ވަޒީރުންނަށް ވޯޓުދިން މެންބަރުންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް