މިރޭ ޕީއެންސީގެ ޖަލްސާގައި އެ ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްދިޔަ ޖަލްސާގައި ޝިޔާމް ވިދާޅުވީ، ޕީޕީއެމްގެ ކުރީގެ ރައީސް އަދި މިހާރު ޕީއެންއެފްގެ އިސްވެރިޔާ، ސިޔާސީ ޕާޓީތަކުގެ ޤާނޫނާ ޚިލާފަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
ވަކިން ހާއްސަކޮށް، ކުރިން ތަހުޒީބުކޮށް މަސައްކަތް ކުރެއްވި ބޭފުޅުންކޮޅެއް މިއަދު މަގުމައްޗަށް ނެރުއްވައިގެން ޤާނޫނާ ޚިލާފު އަމަލުތަކެއް ހިންގުމަކީ ސިޔާސީ މަސްރަޙުން ދެކެން ބޭނުންވާ މަންޒަރެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝިޔާމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އާ ޕާޓީއެއް އުފައްދައިގެން އުޅޭއިރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ މެންބަރުން އިތުރުކުރުމަށާއި، ޕާޓީގެ އެތެރޭގެ ޑިމޮކްރެޓިކް ހަމަތައް ހިފެހެއްޓުމަށް ކަމަށެވެ.
އަދި އެއީ ކުރިން އެބޭފުޅުންނަށް ދަސްކޮށްދެއްވި ގޮތް ނަމަވެސް، މިއަދު އެ އަސާސްތައް ބަދަލުވެގެންދާތީ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ސިޔާސީ މަސައްކަތްތަކަށް އެންމެ ފުޅާކޮށް ޖާގަދެއްވާ ބޭފުޅާކަމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މި ސަރުކާރުން އެންމެ ފުރިހަމައަށް ދީފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
އިދިކޮޅުގައި ތިބެގެން ކުރިން ތަޙައްމަލު ކުރި އުނދަގޫތައް މިއަދު އެއްވެސް ޕާޓީއަކަށް ތަޙައްމަލު ކުރަން ނުޖެހޭނެކަން ރައީސް މުޢިއްޒު ކަށަވަރުކޮށްދެއްވަމުން ގެންދަވާކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.
ޕީއެންސީއަކީ ތަހުޒީބު ސިޔާސީ މަސައްކަތްތަކެއް ކުރާ ޕާޓީއެއް ކަމަށާއި، ކިތަންމެ ވާދަވެރިވިޔަސް ސިޔާސީ ކަންކަން މިއަދު ރައްޔިތުން ބޭނުންވާ ތަހުޒީބު މިސްރާބަށް ގެންދަންޖެހޭ ކަމަށް ވިދާޅުވެ ޝިޔާމްގެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު