އިލެކްޝަންސް ކޮމިޝަން (އީސީ) ރައީސް މުހައްމަދު ޒާހިދު
އިލެކްޝަންސް ކޮމިޝަން (އީސީ) ރައީސް މުހައްމަދު ޒާހިދު
އިލެކްޝަންސް ކޮމިޝަން (އީސީ) ރައީސް މުހައްމަދު ޒާހިދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަން ރައީސް މުހައްމަދު ޒާހިދު މަޤާމުން އިސްތިއުފާ ދެއްވި ކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެ ނިންމެވުމާ ގުޅޭ އިތުރު ތަފުސީލެއް ނުވަތަ ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ކަމަށް ޒާހިދު އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުތެރޭގައެވެެ. ޒާހިދު، އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޒާހިދުގެ ލީޑަރޝިޕްގައި ކުރިއަށްގެންދިޔަ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާއި، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ހިމެނެއެވެ. ނަމަވެސް، މި އިންތިޚާބުތަކުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން ކޮމިޝަނަށް ވަނީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އީސީގެ ރައީސް ޒާހިދު މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ތައްޔާރީތައް ކޮމިޝަނުން ވަމުންދަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު