ޔޫއެފާ ނޭޝަންސް ލީގުގައި ވަރުގަދަ އިނގިރޭސިން ބަލިކޮށް ޑެންމާކް ޓޭބަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.
ލަންޑަނުގެ ވެމްބްލީގަ ކުޅުނު މެޗުން އިންގްލެންޑް އަތުން ޑެންމާކް މޮޅުވީ 35 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަން ޕެނަލްޓީން ޖެހި ލަނޑަކުންނެވެ. މި މެޗުގައި އިންގްލެންޑުގެ ހެރީ މެގުއާ އަށް 31 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކިއިރު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އިންގްލެންޑުގެ ރީސް ޖޭމްސް އަށް ވެސް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.
މި ގްރޫޕުގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ބެލްޖިއަމެވެ. ޑެންމާކާއި އިންގްލެންޑް ހަތް ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ޑެންމާކެވެ. އައިސްލެންޑް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.
ރޭ އިޓަލީ އާއި ނެދަލެންޑްސް ކުޅުނު މެޗް ނިމުނީ 1-1 އިން ދެޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި އިޓަލީއަށް ލީޑު ހޯދައިދިނީ މެޗުގެ 16 ވަނަ މިނެޓުގައި ލޮރެންޒޯ ޕެލެގްރިނީ އެވެ. ނެދަލެންޑްސް އަށް އެއްވަރުކޮށްދިނީ 25 ވަނަ މިނެޓުގައި ޑެނީ ވެން ޑަ ބީކެވެ. މި މެޗް އެއްވަރުވުމުގެ ފައިދާ ނަގައި، ބޮސްނިއާ 3-0 އިން ބަލިކޮށް ޕޮލެންޑް ވަނީ ހަތް ޕޮއިންޓާ އެކު ގްރޫޕް އޭ ގެ އެއް ވަނަ އަށް އަރައިފަ އެވެ.
ޕޮލެންޑުގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ރޮބަޓް ލެވަންޑޮސްކީ އެވެ. އަނެއް ލަނޑު ޖެހީ ކެރޯލް ލިނެޓޭ އެވެ. މި ގްރޫޕްގައި އިޓަލީ ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ނެދަލެންޑްސް އޮތީ ފަސް ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ފުލުގައި ބޮސްނިއާ އޮތީ ދެ ޕޮއިންޓާ އެކު އެވެ.

ކިޔުންތެރިންގެ ހިޔާލު