އެފްއޭއެމް އެކްސްކޯގެ ބައެއް މެންބަރުން
އެފްއޭއެމް އެކްސްކޯގެ ބައެއް މެންބަރުން
ޤައުމީ ފުޓްސަލްޓީމަށް ކުޅެމުން ދަނިކޮށް އަނިޔާވި، އަލީ ހާފިޒް ހާއްޕެގެ ބޭސްފަރުވާގެ ހުރިހާ ކަމެއް އެފްއޭއެމާއި، އެންސްޕާއިން ވަނީ ހަމަޖެހިފައިކަމަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.

ޠާރިޤް މިހެން ވިދާޅުވީ، ހާއްޕެގެ ބޭސްފަރުވާގެ ކަންކަމާ ގުޅޭގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ މެސެޖުތަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުުގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުالله ވަނީ، ހާއްޕެގެ ފަރުވާއަށް ބޭނުންވާ ފައިސާ ހަމަނުޖެހިގެން އޮޕަރޭޝަނަށް އަދިވެސް ނުފުރޭ ކަމަށް މީސްމީޑިއާގައި ވިދާޅުވެފައެވެ.

"ދެންވެސް ބުނާނެ ގައުމު ތިމާއަށް ކޮއްދެނީ ކޮން ކަމެއްތޯނުބަލާށޭ ތިމާގައުމަށްކޮއްދެވެނީ ކޮންކަމެއްތޯބަލާށޭ." މޮސްޓާ ވިދާޅުވެފައިވެއެވެ.



ނަމަވެސް މޮސްޓާގެ ވާހަކަތައް ދޮގު ކުރަށްވަމުން އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވީ، ހާއްޕެ އިންޑިޔާއިން އޮޕަރޭޝަންކުރަން އެއްބަސްވީ ބުރާސް‏ފަތި ދުވަހު މަޝްވަރާއަށްފަހު ކަމަށާއި، އޮޕަރޭޝަނަށްދާނެ ޚަރަދާއި ކުޅުންތެރިޔާއާއި 2 އެހީތެރިންނާއި، ތިބުމާއި ކެއުމުގެ ޚަރަދު ކުރާނީ އެފްއޭއެމުންނާއި ސަރުކާރުގެ އެންސްޕާގެ އެހީތެރިކަމާއެކު ކަމަށެވެ.

އެހެންކަމުން ތެދު މަޢުލޫމާތު ފެތުރުމަށް ޓޮމް ވަނީ އެދިވަޑައިގެންފައެވެ.



ހާއްޕެ ވަނީ 2022 ވަނަ އަހަރުން ފެށިގެން ފުޓްސަލް ގައުމީ ޓީމުގައި ހިމެނިގެން މިހާތަނަށް ކުޅެދިން 11 މެޗުން ހަ ގޯލު ޖަހައި ދީފައެވެ.

އޭނާ އަކީ ރާއްޖޭގެ ފުޓްސަލް މުބާރާތްތަކުގައި އެންމެ ޑިމާންޑް ބޮޑު އެއް ކުޅުންތެރިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް