މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ނުހަނު ބޮޑު ކަންބޮޑުވުމެއް ފާޅުކުރައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، މިހާރުގެ ސަރުކާރުން މިނިވަން މީޑިއާތައް ކޮންޓްރޯލްކުރުމަށްޓަކައި ޤާނޫނުތަކަށް ބަދަލުތައް ގެނެސް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިން ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ހީނަރުކޮށްފައިވާ ކަމަށެވެ.
ޑރ. ޖަމީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން ކުރެވޭ އަބުރުގެ ތުހުމަތުތަކާ ގުޅިގެން، ވަކިން ހާއްސަކޮށް "އަަދަދު" ނޫހާއި އެ ނޫހުގެ ނޫސްވެރިންނަށް ޖިނާއީ ދައުވާ އުފުލައި، ސަރުކާރުން ދަނީ ނޫސްވެރިންނަށް ބިރުދައްކަމުންނެވެ.
މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ ތާރީހުގައި ދެކޭ އެންމެ ކަޅު އަނދިރި ދުވަސްތައް ކަމަށް ސިފަކުރައްވަމުން، މި ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް އަތުކުރި އޮޅާލައިގެން އޮތް ސަރުކާރެއް ކަމަށްވެސް އެމަނިކުފާނު ވަނީ ތުހުމަތު ކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މި ދުވަހަކީ 1993 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން ކަނޑައެޅި ދުވަހެއް ކަމުގައިވާއިރު، މީގެ މައިގަނޑު މަގުސަދަކީ ނޫސްވެރިކަމުގެ އަސާސީ އުސޫލުތައް ދެމެހެއްޓުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރުމެވެ.
މީގެ އިތުރުން، މި ދުވަހަކީ ނޫސްވެރިންގެ މިނިވަންކަމަށް އަރައިގަންނަ ފަރާތްތަކުން އެކަން ހުއްޓުވުމަށް ވަކާލާތުކުރުމަށާއި، މަސައްކަތުގެ މައިދާނުގައި ނުރައްކާތަކާ ކުރިމަތިލާ ނޫސްވެރިންނަށް ހިމާޔަތް ހޯދައިދިނުމަށް ބާރުއަޅާ ދުވަހެކެވެ.
ހަމައެހެންމެ، ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމު ވާޖިބު އަދާކުރުމުގެ ތެރޭގައި ފުރާނަ ގުރުބާންކޮށްފައިވާ ނޫސްވެރިންގެ ހަނދާން އާކޮށް، ޑިމޮކްރަސީއެއްގެ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރު މި ދުވަހު ވަޒަންކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު