އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނުން ހުށަހަޅާފައިވާ އައު އިސްލާހީ ޕްލޭން ދިރާސާކުރަމުން ގެންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ނަމަވެސް، މި ހުށަހެޅުމާ މެދު އިތުބާރު ކުޑަކަން ހާމަކުރަށްވަމުން، ޓްރަމްޕް ވަނީ މީގެ ސަބަބުން އެދެވޭ ނަތީޖާއެއް ނުވަތަ ދާއިމީ އެއްބަސްވުމަކަށް އާދެވިދާނެތޯ ސުވާލު އުފައްދަވާފައެވެ.
ހޮނިހިރު ދުވަހު އެމެރިކާގެ ރައީސްގެ ރަސްމީ މަތިންދާބޯޓު "އެއަރ ފޯސް ވަން" އަށް އަރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ހުށަހެޅުމާ ގުޅޭ ތަފުސީލުތައް ފަހުން ހާމަކުރަށްވާނެ ކަމަށާއި، މިހާރު އިންތިޒާރު ކުށްވަނީ އެ ހުށަހެޅުމުގެ ފުރިހަމަ އިބާރާތްތައް ލިބިވަޑައިގަންނަވާނެ ވަގުތަކަށް ކަމަށެވެ.
ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ވޭތުވެދިޔަ 47 އަހަރު ދުވަހުގެ ތެރޭގައި އިންސާނިއްޔަތަށާއި މުޅި ދުނިޔެއަށް އީރާނުން ދީފައިވާ ގެއްލުންތަކުގެ ބަދަލުގައި އެ ޤައުމަށް އަދި އެކަށީގެންވާ އަދަބެއް ލިބިފައިނުވާތީ މި ހުށަހެޅުން ބަލައިގަތުމަށް ފަސްޖެހޭ ކަމަށެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އީރާނުގެ ސިފައިންނާ ގާތްގުޅުމެއް އޮންނަ އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ، އެމެރިކާއިން ހުށަހެޅި 9 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ޕާކިސްތާން މެދުވެރިކޮށް 14 ނުކުތާގެ ހުށަހެޅުމެއް ފޮނުވާފައި ކަމަށެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން މިކަމާ ގުޅޭގޮތުން އަދި އެއްޗެއް ބުނެފައި ނުވި ނަމަވެސް މީގެ ކުރިން ވެސް ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގައި ޕާކިސްތާނުން ވަނީ މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ.
މިދިޔަ ހަފުތާގައި އީރާނުން ހުށަހެޅި ހުށަހެޅުން ޓްރަމްޕް ބަލައިނުގަތް ނަމަވެސް ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ދަނީ ކުރިއަށެވެ. އަދި މިހާރު އިއުލާންކޮށްފައިވާ ތިން ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދެ ފަރާތުން ވެސް އިހުތިރާމު ކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ މުހިންމު ސަރަހައްދެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޯރްމޫޒް އަލުން ހުޅުވާލުމާ ގުޅޭ އައު ރޭވުމެއް ވެސް އެމެރިކާގެ ރައީސް ވަނީ ހުށަހަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު