ފިންލޭންޑްގެ ހެލްސިންކީގައި، ކާރު ދުއްވުން މަނާ، ދުނިޔޭގެ އެންމެ ދިގު ކަނޑު ހުރަސްކުރާ ފާލަން ރަސްމީކޮށް ހުޅުވައިފިއެވެ.

"ކްރޫނޫވުއޮރެންސިލްޓާ"ގެ ނަމުން ނަންދެވިފައިވާ މި ފާލަން ހުޅުވުމާއެކު، ސިޓީގެ އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރުމުގައި އިންޤިލާބީ ބަދަލެއް ވަނީ އައިސްފައެވެ. ގާތްގަނޑަކަށް 1.19 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ފާލަމަކީ ހަމައެކަނި އޭގެ ދިގުމިނުގެ ސަބަބުން ފާހަގަކޮށްލެވޭ ތަނެއް ނޫނެވެ. މިއީ އާންމު އުޅަނދުފަހަރަށްވުރެ ބޮޑަށް، އާންމު ފަރުދުންނަށް ޚާއްޞަކޮށްގެން ބިނާކޮށްފައިވާ ތަނެކެވެ.

ގިނަ ފާލަންތަކަކީ އުޅަނދުފަހަރުގެ ދަތުރުފަތުރަށް އިސްކަންދީގެން ހަދާ ތަންތަނަށް ވިޔަސް، މި ފާލަން މުޅިން ވެސް ޚާއްޞަކޮށްފައިވަނީ ފައިމަގުގައި އުޅޭ މީހުންނާއި ބައިސިކަލް ދުއްވާ މީހުންނަށެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މި ފާލަމުގައި ޓްރޭންގެ ޚިދުމަތް ދިނުމަށް ވެސް ވަނީ ރޭވިފައެވެ. ނަމަވެސް، އަމިއްލަ ކާރު ދުއްވުން މި ފާލަމުގައި މުޅިން މަނާވާނެއެވެ. މިއީ ހެލްސިންކީގެ ތަރައްޤީގެ ތަޞައްވުރުގެ ތެރެއިން، ހިނގުމާއި، ބައިސިކަލް ދުއްވުމުގެ އިތުރުން އާންމު ދަތުރުފަތުރުގެ ނިޒާމަށް އިސްކަންދިނުމުގެ ގޮތުން ނިންމާފައިވާ މުހިންމު ނިންމުމެކެވެ.

މި ފާލަމަކީ ފިންލޭންޑުން ކުރިއަށްގެންދާ "ކްރައުން ބްރިޖަސް" މަޝްރޫޢުގެ ބައެކެވެ. މިއީ ސިޓީގެ މެދުތެރެއާއި އިރުމަތީގައިވާ ރަށްތަކާ ގުޅާލުމަށް ފެށި އުންމީދީ މަސައްކަތެކެވެ. މީގެ ކުރިން މި ސަރަޙައްދުތަކަށް ދަތުރުކުރުމަށްޓަކައި ކާރާއި ބަހުގައި ދިގު މަގުތަކެއް ކަޑަތުކުރަން ޖެހުނު ނަމަވެސް، މި ފާލަމާއެކު ދަތުރުފަތުރު ވަނީ ނުހަނު ލުއިފަސޭހަވެފައެވެ.

ކުރިން 11 ކިލޯމީޓަރުގެ ދިގު ދަތުރެއް ކުރަންޖެހުނު ނަމަވެސް، މި ފާލަމުގެ ސަބަބުން އެ ދުރުމިން ވަނީ 5.5 ކިލޯމީޓަރަށް ކުޑަވެފައެވެ. މިއީ ހަމައެކަނި ހިސާބުތަކުން ފެންނަ ބަދަލެއް ނޫނެވެ. މީގެ ސަބަބުން ދުވަހުން ދުވަހަށް ކުރާ ދަތުރުތައް އަވަސްވެ، އަމިއްލަ އުޅަނދުތަކަށް ބަރޯސާނުވެ މިނިވަންކަމާއެކު ދަތުރުކުރުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ.

މި ފާލަމަކީ ހަމައެކަނި ދަތުރުކުރަން އޮތް މަގެއް ނޫނެވެ. މިއީ ހިތްގައިމު ތަޖުރިބާއެކެވެ. ފާލަން ހުރަސްކުރާއިރު ބޯލްޓިކް ކަނޑުގެ ހިތްގައިމު މަންޒަރުތަކާއި، ދުރުން ފެންނަ ހެލްސިންކީގެ ރީތި މަންޒަރުތަކުން ދަތުރުވެރިންނަށް ހިތްހަމަޖެހުން ލިބިގެންދާނެއެވެ. އިރުއަރާ ވަގުތު ހިނގާލަން ދިޔަޔަސް ނުވަތަ އިރުއޮއްސޭ ވަގުތު ބައިސިކަލް ދުއްވާލަން ދިޔަޔަސް، މިއީ ހިތުން ފިލައިނުދާނެ ފަދަ ހިތްގައިމު ދަތުރަކަށް ވާނެއެވެ. މި މަގު ގުޅާލަދެނީ އަލަށް ތަރައްޤީވަމުން އަންނަ "ކްރޫނޫވުއޮރެންރަންޓާ" ސަރަޙައްދާއި "ކޯކިއަސާރީ" ރަށާ އަދި އެތަނުން ސިޓީގެ މެދުތެރެއަށް ދަތުރުކުރެވެއެވެ.

ކްރޫނޫވުއޮރެންސިލްޓާ ފާލަން ހުޅުވުމަކީ ދުނިޔޭގެ ބޮޑެތި ސިޓީތަކަށް އަންނަމުންދާ ބަދަލެއްގެ ނިޝާނެކެވެ. އެއީ އިންޖީނުލީ އުޅަނދު ތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. ހެލްސިންކީން މިވަނީ ބޮޑެތި އުމްރާނީ މަޝްރޫޢުތަކަކީ ޢަމަލީ ގޮތުން ބޭނުންތެރި އަދި އިންސާނުންނަށް ފައިދާހުރި ގޮތަކަށް ބައްޓަންކުރެވިދާނެ އެއްޗެއްކަން ސާބިތުކޮށްދީފައެވެ.

ކްރޫނޫވުއޮރެންސިލްޓާ ފާލަމަކީ ހަމައެކަނި ކަނޑު ހުރަސްކުރަން އެޅި ފާލަމެއް ނޫން ކަމެވެ. މިއީ ތިމާވެއްޓާ ރައްޓެހި، އަދި އިންސާނުންނަށް އިސްކަންދީގެން ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު