ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯގެ މަޤާމަށް، ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
އެމަޤާމަށް މިއަދު ހަމަޖައްސަވާފައި ވަނީ، އަލްފާޟިލާ އާމިނަތު ޝިރުނާއެވެ. އޭނާ އެމަޤާމަށް ޢައްޔަނުކޮށްފައިވާކަން ސަރުކާރުން ހާމަކޮށްފައި ވަނީ މިއަދުއެވެ. ޝިރުނާ މީގެ ކުރިން ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރަކަށެވެ. ޝިރުނާ އަކީ ނަރުހެއްގެ ގޮތުގައު 23 އަހަރު ހިދުމަތް ކުރަށްވާފައިވާ ފަރާތެކެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވިއިރު، އޭނާ ވަނީ ދަމަނަވެއްޓާއި ބްލަޑް ސާވިސްގެ ކަންކަން ބެލެއްޓެވުމުގެ އެންމެ އިސް ވެރިޔާގެ ދައުރު އަދާކުރައްވާފައެވެ. އަދި ހެލްތު މިނިސްޓްރީން އެޗްޕީއޭގެ ކަންކަން ބަަލަހައްޓަވާ އެންމެ އިސް ފަރާތުގެ ގޮތުގައި މިހާތަނަށް ހުންނެވީ ވެސް ޝިރުނާއެވެ.
އެންސްޕާގެ ސީއީއޯގެ މަޤާމު ހުސްވީ އެމަޤާމުގައި ކުރިން ހުންނެވި ހީނާ ވަލީދު މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. ހީނާ އަކީ މިހާރު މިސަރުކާރުގެ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރެވެ.
މިއީ ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެނައި ބަދަލެއްކަމަށް ބެލެވެއެވެ. ސަރުކާރުން މިބަދަލުތައް ގެންނަމުން ދަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމީޔާބީއާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު