ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ތަފާތު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މުހިންމު ހަތް ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާތައް ބަދަލުކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ސްރީލަންކާގެ ކޮލޮންބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައެވެ. މި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވުނު މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ މުހިންމު ކަންކަމުގައި އެއްބާރުލުން އިތުރުކުރުމެވެ.
މިގޮތުން، ޒުވާނުން ތަރައްޤީކުރުމާއި، އަރުޝީފުކުރުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ އާއި ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމަށް އެކުގައި މަސައްކަތް ކުރުމަށް މި ފަހުމުނާމާތަކުގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، ޞިއްޙީ އަދި ދިފާޢީ ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި ގުޅުން ބަދަހިކުރުމާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު