މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން އިންތިހާއަށް ބޮޑުވެ، މުދާ ބޭލުމަށް ހޭދަވާ ވަގުތު އިތުރުވުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ޝިޕިން ލައިންތަކުން ރާއްޖެއަށް މުދާ އުފުލާ އަގުތައް (ފްރައިޓް ފީ) ބޮޑުކޮށްފިއެވެ.
ޝިޕިން ލައިންތަކުން މި ފިޔަވަޅު އެޅީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބަނދަރުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުން ލަސްވަމުންދާތީ، ހިންގުމުގެ ޚަރަދު ބޮޑުވުމާ ގުޅިގެން، މަޖުބޫރުވެގެން ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ދުނިޔޭގެ މަޝްހޫރު ޝިޕިން ލައިންތައް ކަމަށްވާ ސީ.އެމް.އޭ ސީ.ޖީ.އެމް އަދި ހެޕަގް-ލޮއިޑް އިން މިހާރު ވަނީ ކޮންޓޭނަރަކުން 400 އާއި 600 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް އިތުރުކޮށްފައެވެ. މީގެ އިތުރުން، ރާއްޖެއަށް އެންމެ ފުޅާދާއިރާއެއްގައި މުދާ އުފުލާ އެމް.އެސް.ސީ އިން ވެސް ވަނީ ކޮންޓޭނަރަކަށް 450 ޑޮލަރު އިތުރުކުރަން ނިންމާފައެވެ. މި ބަދަލު ގެންނަން ނިންމާފައިވާކަން އެ ކުންފުނިން މިހާރު ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް ރަސްމީކޮށް އަންގާފައެވެ.
ޝިޕިން ލައިންތަކުން ފާހަގަކުރާ ގޮތުގައި، ބަނދަރުގެ އޮޕަރޭޝަނަލް ހާލަތު ދަށްވުމުގެ ސަބަބުން ބޯޓުފަހަރު ބަނދަރުގައި މަޑުކުރަންޖެހޭ ވަގުތު ދިގުލައިދިއުމާއި، ސްޓޯރޭޖް ފީއާއި އެހެނިހެން ޚަރަދުތައް ބޮޑުވުމަކީ މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބެވެ. މި ދަތިތަކުގެ ވާހަކަ މީގެ ކުރިން ތަކުރާރުކޮށް ސަރުކާރުގެ އިދާރާތަކާ ހިއްސާކޮށްފައިވީ ނަމަވެސް، އެދެވޭ ހައްލެއް ލިބިފައި ނުވާތީ މި ފިޔަވަޅު އެޅުން ނޫން ގޮތެއް މިހާރު ނެތް ކަމަށް އެ ކުންފުނިތަކުން ބުނެއެވެ.
ރާއްޖެއަށް އެންމެ ފުޅާދާއިރާއެއްގައި މުދާ އުފުލާ އެމް.އެސް.ސީގެ އެޖެންޓުން ފާހަގަކުރާ ގޮތުގައި، މަހެއްގެ މައްޗަށް ރާއްޖެއަށް އަންނަ ގާތްގަނޑަކަށް 6,000 ކޮންޓޭނަރަށް ބަލާއިރު، މި އިތުރުވުމާއެކު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 2.7 މިލިއަން ޑޮލަރު ރާއްޖޭން ބޭރުވާނެއެވެ. މިއީ މިހާރުވެސް ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވާނެ ވަރަށް ބޮޑު ބުރައެކެވެ.
މިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އެމް.އެސް.ސީގެ ރާއްޖޭގެ އެޖެންޓް، ސެންޗޫރިއަން އިން ދަނީ އިތުރުކުރާ 450 ޑޮލަރުގެ ތެރެއިން ރާއްޖޭގައި ދައްކަންޖެހޭ މިންވަރު 100 އާއި 150 ޑޮލަރާ ދެމެދުގެ އަދަދަކަށް ކުޑަކޮށް، ބާކީ ބައި ރާއްޖޭން ބޭރުން ދައްކާ ގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި ފައިސާ އެމް.ޕީ.އެލް އަށް ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ. މިއީ މުޅި އަދަދު ފްރައިޓްގެ ގޮތުގައި ރާއްޖޭން ބޭރަށް ފޮނުވަން ޖެހުމުން ރިޒާވަށް ކުރާނެ ޕްރެޝަރު ކުޑަކުރުމަށް އެޅޭ ފިޔަވަޅެއް ކަމުގައި އެ ކުންފުނިން ފާހަގަކުރެއެވެ.
އެމް.އެސް.ސީ އިން ބުނީ މިއީ އެ ކުންފުނީގެ ވިޔަފާރި އުސޫލަށް ގެނައި ބަދަލެއް ނޫން ކަމަށާއި، މިއީ ބަނދަރުގެ ހާލަތު ހުރި ގޮތުން ކޮންމެހެން ކުރަން މަޖުބޫރުވި ކަމެއް ކަމަށެވެ. އެ ކުންފުނިން ވަނީ މާލޭ ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ދެއްވާ ސަމާލުކަން އިތުރުކޮށްދެއްވުމަށް އިލްތިމާސްކޮށްފައެވެ.
އަދި ބަނދަރުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ކަމާބެހޭ މިނިސްޓްރީތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ކުންފުނި އޮތީ ތައްޔާރަށް ކަމަށް ވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު