ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ގަނެ ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތ. ވިލުފުށީ މޫނިމާގެ، އާދަމް އަދްލާން ލަތީފް (22އ) އެކަށީގެންވާ ހެކި ނެތިގެން ކުރިމިނަލް ކޯޓުން މިއަދު ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މި މައްސަލާގައި އަދްލާން ހައްޔަރުކުރީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ ވަނީ "ބައިނޭންސް" އެކްސްޗޭންޖްގެ ވޮލެޓެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކޮށްފައެވެ.
މި މައްސަލާގައި އޭނާ ބަންދުން ދޫކޮށްލުމަށް ކޯޓުން މިއަދު ކުރި އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބާރުދޭނެ އެކަށީގެންވާ ހެއްކާއި ގަރީނާ ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން، އިންޓަޕޮލްގެ ފަރާތުން ލިބިފައިވާ ކަމަށް ބުނާ މައުލޫމާތުތައް ހިމެނޭ ރަސްމީ އެއްވެސް ލިޔުމެއް ޝަރީއަތަށް ހުށަހަޅާފައި ނުވާކަންވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އަދި މި މައްސަލާގައި މިހާތަނަށް ބަޔާން ދިން އެއްވެސް ފަރާތަކުން އަދްލާނާ ދެކޮޅަށް އެއްވެސް ވާހަކައެއް ބުނެފައި ނުވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އަދްލާން ހައްޔަރުކޮށް އޭނާގެ އަތުން ފެނުނު އިލެކްޓްރޯނިކް ސާމާނުތައް ތަހުލީލު ކުރިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ގިނަ އަދަދެއްގެ ވީޑިއޯ އާއި ފޮޓޯ ފެނިފައިވާ ކަމަށެވެ. އަދި ކްރިޕްޓޯ އެކައުންޓް މެދުވެރިކޮށް މިކަމުގެ މުއާމަލާތްތައް ހިންގާފައިވާ ކަމަށްވެސް ފުލުހުން ކުރިން މައުލޫމާތު ދީފައިވެއެވެ.
މިއަދުގެ ބަންދު މުއްދަތުގެ މަޖިލީހުގައި އެކަށީގެންވާ ހެކި ހުށަހެޅިފައި ނުވާތީ، ކުރިމިނަލް ކޯޓުން އަދްލާން ދޫކޮށްލާފައިވަނީ ވަކި ޝަރުތުތަކެއްގެ މަތިންނެވެ. އޭގެ ތެރޭގައި އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމާއި، ކޯޓުގެ ހުއްދަނެތި ރަށުން ބޭރަށް ދިއުން މަނާކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު