ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ބައެއް ވަޢުދުފުޅުތަކަކީ އެ އިރެއްގައި އޮންނަ ޙާލަތާއި ވަގުތާ ގުޅިގެން ބަދަލު އަންނާނެ ކަންކަން ކަމަށާއި، މިހާރުވެސް ބައެއް ވަޢުދުތަކަށް ބަދަލު ގެންނަވާފައިވާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި 'ޕްރެސް ވިތް ސްޕޯކްސް' ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ވަޢުދުތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ތަރުޖަމާނު ވިދާޅުވީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކަކީ މިހާރު ވެސް އާންމުންނަށް ފެންނާނެހެން ޝާއިޢުކުރެވިފައިވާ ކަންކަން ކަމަށެވެ. ނަމަވެސް އެ ވަޢުދުތަކަކީ ސަރުކާރާ ހަވާލުވުމުގެ ކުރިން ވެވަޑައިގެންފައިވާ ކަންކަން ކަމަށްވުމާއެކު، އަމަލީ މައިދާނަށް ނުކުމެ ޙާލަތަށް ބަލައި ބައެއް ކަންކަން މުރާޖަޢާކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ރިޔާސީ ވައުދުތައް ޕަބްލިޝްކޮށްފަވެސް އޮންނާނެ.. އަނެއްކާ ބައެއް ވަޢުދުތައް ހުންނާނެ އަޅުގަނޑުމެން ރިވައިސްވެސް ކޮށްފައި ބޭސްޑް އޮން ސިޓުއޭޝަން." މުންދު ވިދާޅުވިއެވެ.
މުންދު މިއަދު ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަކީ އިންތިޤާލީ މަރުހަލާގައި ރައީސް ހާމަކުރެއްވި އަމާޒެއް ކަމަށެވެ. ނަމަވެސް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޙާލަތަށް ބަލައި އެކަން މިހާރު މުރާޖަޢާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ތިން ބައިކުޅަ އެއްބައި މަދުކުރުމަށް އަންގަވާފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މުންދު ވިދާޅުވިއެވެ.
އޭގެއިތުރުން މުންދު ވިދާޅުވީ، އާރުޓީއައިގެ ދަށުން ސައްހަ ނިޔަތުގައި ހުށަހަޅާ ކަންކަމަށް ސަރުކާރުން ޖަވާބު ދޭނެ ކަމަށެވެ. އެގޮތުން މި އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 288 އާރުޓީއައި ރައީސް އޮފީހަށް ހުށައަޅާފައިވާ ކަމަށް މުންދު ވިދާޅުވިއެވެ. އޭގެތެރެއިން މިހާރު ޖަވާބު ނުދެވި އޮތީ 55 އާރުޓީއައިކަމަށްްވެސް މުންދު ވިދާޅުވިއެވެ.
ނަމަވެސް، ދަޢުލަތެއްގެ ޙައިސިއްޔަތުން ސިއްރު ހިފަހައްޓަންޖެހޭ ކަންކަމުގެ މައުލޫމާތު ދޫކުރެވެން ނޯންނާނެކަން ޤަބޫލު ކުރަށްވަންވާނެ ކަމަށްވެސް މުންދު މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު