ސަރުކާރުގެ ތަފާތު ޑޭޓާތައް ނަގައިގެން ބާރު ސްޕީޑުގައި ދޮގު ވާހަކަ ފަތުރަމުންދާ ފަރާތްތަކަށް 2028 ވަނަ އަހަރުގެ އިންތިޚާބުން ކާމިޔާބު ނުލިބޭނެކަން މިހާރު އަމިއްލަ ޒަމީރުން ގަބޫލުކުރެވޭ ކަމަށް ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ޒަރީރު ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަރީރު ވިދާޅުވީ އަދި އެކަން ގަބޫލުކުރެވޭ ހިސާބުން އެފަރާތްތަކުން މަގުމައްޗަށް ނުކުމެ ވެރިކަން ވައްޓާލަން އުޅުނު ނަމަވެސް، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް "ލާހިކެއް ނޫން" ކަމަށެވެ.
ޒަރީރު އިތުރަށް ވިދާޅުވި ގޮތުގައި، ވެރިކަން ވައްޓާލަން ދަންނަ "މާލިމީންނާއި ފަޅުވެރިން" ތިބީ ޕީއެންސީގެ މި ފިކުރުގެ ތެރޭގައެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކަށް އެފަދަ ކަމެއް ކުރަން ނޭނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އަދި އެއްމަސް ދުވަސްވެސް ނުވަނީސް ސަރުކާރު ގޯސްކޮށް ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ވެރިކަން ވައްޓާލަން ދަންނަ މާލިމީންނާއި ފަޅުވެރިން ތިބީ ޕީއެންސީގެ މި ފިކުރުގެ ތެރޭގަ އެހެންކަމުން އިދިކޮޅު ފަރާތްތަކަށް އެފަދަ ކަމެއް ކުރަން ނޭނގޭނެ" އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު