އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ދެމެދު ސޯޝަލް މީޑިއާގައި އުފެދުނު ބަހުސާއި ގުޅިގެން ވައްޑެ އިތުރު ކަންތައްތަކެއް ތިލަކޮށް ދެއްވައިފިއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވިދާޅުވީ ފައްޔާޒުއާ ދެމެދު ބަހުސްކޮށް ޒުވާބުކުރުމަކީ އިއްޔެއަކު މިއަދަކު ފެށުނު ކަމެއް ނޫން ކަމަށެވެ. "އަޅުގަނޑުމެން ވާހަކަ ދައްކައި ބަހުސްކޮށް ޒުވާބުކޮށް އުޅޭތާ މިވީހާ ދުވަހެއްވީ. އެއީ އިއްޔެއަކު ފެށުނުކަމެއް ނޫން މާތްކަލާކޯ،" ވައްޑެ ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ، އޭނާ ފައްޔާޒަށް ތާއީދު ކުރަށްވަނީ ކަންކަމުގައި އަމިއްލަ ޚިޔާލެއް އޮވެގެން، ހަގީގަތަށް ތެދަށް އަދި ސާދާކޮށް ވާހަކަދައްކަވާތީ ކަމަށެވެ. އަދި ފައްޔާޒަކީ ކަންކަމުގައި ދެބަސްވާންވެސް ފަސޭހަ ބޭފުޅެއްގެ ގޮތުގައި ވައްޑެ ވަނީ ސިފަކުރަށްވާފައެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ކުރީގެ ސަރުކާރުން ކޯލިޝަނަށް މާބޮޑު ހިއްސާއެއް ދިންކަމަށް ބުނެ ވައްޑެ ކުރެއްވި ޕޯސްޓަކާ ގުޅިގެން ފައްޔާޒް ފާޑުވިދާޅުވުމުންނެވެ. އެކަމާ ގުޅިގެން ފައްޔާޒް ވިދާޅުވެފައިވަނީ އެމްޑީޕީގެ ކުރީގެ ސަރުކާރާއި އެމްޑީޕީ ބަލިކަށި ކޮށްލުމުގައި ވައްޑެ އިސް ދައުރެއް އަދާކުރެއްވި ކަމަށެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ވައްޑެއާއި ފައްޔާޒަކީ މިހާރު އެމްޑީޕީގެ އެއް ފެކްޝަނެއްގައި ތިއްބަވައިގެން ސިޔާސީ މަސައްކަތް ކުރަށްވަމުން ގެންދަވާ ދެ ބޭފުޅުންނެވެ. ނަމަވެސް އެކި މައުޟޫއުތަކުގައި ދެ ބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދި، އާންމުކޮށް ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާކަން ފާހަގަކުރެވެއެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގައި ޚިޔާލުތަފާތުވުން އޮތުމަކީ ދުޅަހެޔޮ ކަމެއް ކަމަށެވެ.

އަޅުގަނޑު @faya_i އަށް ތާއީދުކުރަނީ، ކަންކަމުގައި އޮޕީނިއަންއެއް އޮވެގެން ހަގީގަތަށް ތެދަށް ސާދާކޮށް ވާހަކަދައްކަވާތީ. ދެބަސްވާންވެސް ފަސޭހަ ބޭފުޅަކަށްވާތީ. އަޅުގަނޑުމެން ވާހަކަ ދައްކައި ބަހުސްކޮށް ޒުވާބުކޮށް އުޅޭތާ މިވީހާ ދުވަހެއްވީ. އެއީ އިއްޔެއަކު ފެށުނުކަމެއް ނޫން މާތްކަލާކޯ! pic.twitter.com/EHZkn06DOX
— Waddey (@waddey_) May 8, 2026
މި މައްސަލަ ފެންމަތިވެފައިވަނީ ކުރީގެ ސަރުކާރުން ކޯލިޝަނަށް މާބޮޑު ހިއްސާއެއް ދިންކަމަށް ބުނެ ވައްޑެ ކުރެއްވި ޕޯސްޓަކާ ގުޅިގެން ފައްޔާޒް ފާޑުވިދާޅުވުމުންނެވެ. އެކަމާ ގުޅިގެން ފައްޔާޒް ވިދާޅުވެފައިވަނީ އެމްޑީޕީގެ ކުރީގެ ސަރުކާރާއި އެމްޑީޕީ ބަލިކަށި ކޮށްލުމުގައި ވައްޑެ އިސް ދައުރެއް އަދާކުރެއްވި ކަމަށެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ވައްޑެއާއި ފައްޔާޒަކީ މިހާރު އެމްޑީޕީގެ އެއް ފެކްޝަނެއްގައި ތިއްބަވައިގެން ސިޔާސީ މަސައްކަތް ކުރަށްވަމުން ގެންދަވާ ދެ ބޭފުޅުންނެވެ. ނަމަވެސް އެކި މައުޟޫއުތަކުގައި ދެ ބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދި، އާންމުކޮށް ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާކަން ފާހަގަކުރެވެއެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގައި ޚިޔާލުތަފާތުވުން އޮތުމަކީ ދުޅަހެޔޮ ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު