ސަރުކާރުގެ ބައިތުލްމާލުގައި ހުރީ އެންމެ 37 މިލިއަން ޑޮލަރު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދު ގައުމުގެ އިޤްތިސާދީ ހާލަތާ މެދު ބޮޑު ކަންބޮޑުވުމެއް ފާޅުކުރައްވައިފިއެވެ.
މެމްބަރު ޝަމްހީދު މިކަން ހާމަކުރެއްވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުތަކެއްގައެވެ. ވިދާޅުވި ގޮތުގައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ވަނީ 50 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ.
އެމްއެމްއޭގެ މާލީ ބަޔާނާ ހަވާލާދީ ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، އެންމެ މަހެއްގެ ތެރޭގައި ބޭރު ފައިސާގެ ނަގުދު ފައިސާ އާއި ބޭންކް ބެލެންސް ވަނީ 1.1 ބިލިއަން ޑޮލަރުން 590 މިލިއަން ޑޮލަރަށް ދަށްވެފައެވެ. އަދި ސަރުކާރުގެ ބޭރު ފައިސާގެ ބެލެންސް 370 މިލިއަން ޑޮލަރުން 37 މިލިއަން ޑޮލަރަށް ކުއްލިއަކަށް ވެއްޓިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން ޝަމްހީދު ވަނީ ސަރުކާރަށާއި، އެމްއެމްއޭއަށް ސުވާލުތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން، ސަރުކާރުގެ ދަރަނި ދެއްކުމަށް ރިޒާވް ބޭނުންކުރުމުގެ ހުއްދަ އެމްއެމްއޭގެ ގަވާއިދުތަކުން ގަވަރުނަރަށް ލިބިދޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި ބޭނުންކުރެވޭ ރިޒާވް މިހާ ބޮޑަށް ހުސްވެފައިވާއިރު، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް ފައިސާ ހޯދާނެ ގޮތަކާ މެދުވެސް އޭނާ ސުވާލުކުރެއްވިއެވެ.
"ރިޒާވްގެ ހަގީގީ ހާލަތު އެމްއެމްއޭއިން ރައްޔިތުންނަށް ސާފުކޮށްދީފައި ނުވަނީ ކީއްވެގެންތޯ؟" ޝަމްހީދު ސުވާލުކުރެއްވިއެވެ.
ޝަމްހީދު މިފަދަ ކަންބޮޑުވުމެއް ފާޅުކުރައްވާފައި ވާއިރު،ސަރުކާރުގެ މާލީ އިދާރާތަކުން ބުނަމުންދަނީ ރިޒާވަށް ބާރުބޮޑުވީ މީގެ ކުރިން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަން ޖެހުމުން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިޤްތިސާދު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނާއިރު، މިކަމުގައި ސަރުކާރުގެ ހަރުދަނާ ސޮޔާސަތުތަކެއް ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

މަރުކަޒީ ބޭންކުން 30 އެޕްރީލްގައި ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ވަނީ %50 ދަށަށް ގޮސްފަ.
— Ahmed Shamheed (@Ashamhyd) May 9, 2026
އަދި ދިވެހި ސަރުކާރުގެ ބައިތުލްމާލުގަ ހުރީ އެންމެ 37 މިލިއަން ޑޮލަރުކަން ވެސް ހާމަވެއްޖެ.https://t.co/lg18hhEUAn pic.twitter.com/6xGEm8xXMb
އެމްއެމްއޭގެ މާލީ ބަޔާނާ ހަވާލާދީ ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، އެންމެ މަހެއްގެ ތެރޭގައި ބޭރު ފައިސާގެ ނަގުދު ފައިސާ އާއި ބޭންކް ބެލެންސް ވަނީ 1.1 ބިލިއަން ޑޮލަރުން 590 މިލިއަން ޑޮލަރަށް ދަށްވެފައެވެ. އަދި ސަރުކާރުގެ ބޭރު ފައިސާގެ ބެލެންސް 370 މިލިއަން ޑޮލަރުން 37 މިލިއަން ޑޮލަރަށް ކުއްލިއަކަށް ވެއްޓިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން ޝަމްހީދު ވަނީ ސަރުކާރަށާއި، އެމްއެމްއޭއަށް ސުވާލުތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން، ސަރުކާރުގެ ދަރަނި ދެއްކުމަށް ރިޒާވް ބޭނުންކުރުމުގެ ހުއްދަ އެމްއެމްއޭގެ ގަވާއިދުތަކުން ގަވަރުނަރަށް ލިބިދޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި ބޭނުންކުރެވޭ ރިޒާވް މިހާ ބޮޑަށް ހުސްވެފައިވާއިރު، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް ފައިސާ ހޯދާނެ ގޮތަކާ މެދުވެސް އޭނާ ސުވާލުކުރެއްވިއެވެ.
"ރިޒާވްގެ ހަގީގީ ހާލަތު އެމްއެމްއޭއިން ރައްޔިތުންނަށް ސާފުކޮށްދީފައި ނުވަނީ ކީއްވެގެންތޯ؟" ޝަމްހީދު ސުވާލުކުރެއްވިއެވެ.
Some interesting facts from the recent MMA financial statement:
— Ahmed Shamheed (@Ashamhyd) May 9, 2026
Foreign currency cash & bank balances fell from MVR 17.0 billion (USD 1.1 billion) to MVR 9.1 billion (USD 590 million) in just one month.
Government foreign currency balances also dropped sharply from MVR 5.7…
ޝަމްހީދު މިފަދަ ކަންބޮޑުވުމެއް ފާޅުކުރައްވާފައި ވާއިރު،ސަރުކާރުގެ މާލީ އިދާރާތަކުން ބުނަމުންދަނީ ރިޒާވަށް ބާރުބޮޑުވީ މީގެ ކުރިން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަން ޖެހުމުން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިޤްތިސާދު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނާއިރު، މިކަމުގައި ސަރުކާރުގެ ހަރުދަނާ ސޮޔާސަތުތަކެއް ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު