ކުޑަކުދިންގެ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ކުޑަކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ރައީސްގެ މި މެސެޖު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް މެދުވެރިކުރައްވައި ހިއްސާކުރައްވާފައިވަނީ ނުހަނު ލޯތްބާއި އޯގާތެރިކަމާއެކުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވަނީ، ކުޑަކުދިން ހެދިބޮޑުވަމުން އަންނަ މަރުހަލާތަކުގައި އެކުދިންގެ އުމުރާ ގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަންޖެހޭ މުހިންމު ޤައުމީ ޒިންމާއެއް ކަމަށެވެ.
އަދި ކުޑަކުދިންނަށް ދެވޭނެ އެންމެ ހަގީގީ ލޯތްބަކީ އެކުދިންނަށް ދީނާއި ދުނިޔޭގެ މުހިންމު އުނގަންނައިދިނުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މާދަމާގެ މުޖުތަމައުގައި ޒިންމާދާރު ބައެއްގެ ގޮތުގައި އުޅެވޭނެ ފަދަ ޤާބިލްކަން ކުޑަކުދިންގެ ކިބައިގައި އަށަގެންނެވުމުގެ މުހިންމުކަމަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ.
އަދި އެއްވެސް ކުޑަކުއްޖެއްގެ މަޢުޞޫމް ދިރިއުޅުމަށް ބުރޫއަރާފާނެ ފަދަ އެއްވެސް ބަހަކަށް ނުވަތަ ޢަމަލަކަށް މުޖުތަމައުގައި ޖާގަ ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު