އިންޑިއާގެ ތަމަޅުނާޑޫގެ އާ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ، ތަލަޕަތީ އެ ސަރަހައްދުގެ ސަރުކާރުން ހިންގާ 717 ރާބޯތަން ބަންދުކުރުމަށް އަމުރުކުރައްވައިފިއެވެ.
މި ނިންމެވުމުގެ ދަށުން ބަންދުކުރަން އަމުރުކޮށްފައިވަނީ އަޅުކަންކުރާ ތަންތަނާއި، ތަޢުލީމީ މަރުކަޒުތަކުގެ އިތުރުން ބަސް ހުއްޓިތަކާ 500 މީޓަރަށްވުރެ ގާތުގައި ހުރި ފިހާރަތަކެވެ.
މި އަމުރުގައިވާ ގޮތުން، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މި ހުރިހާ ތަނެއް ބަންދުކޮށް ނިންމަންޖެހޭނެއެވެ. މިއީ ތަމަޅުނާޑޫގެ ރާ ވިއްކުމުގެ ސިޔާސަތަށް ގެނެވުނު ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ޗީފް މިނިސްޓަރު ވިޖޭ މިގޮތަށް ނިންމެވީ އާންމު ރައްޔިތުންގެ މަސްލަހަތާއި، ޚާއްޞަކޮށް ދަރިވަރުންނާއި އާންމު ހިދުމަތް ހޯދާ މީހުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށެވެ.
ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބަންދުކުރަން ނިންމި 717 ފިހާރައިގެ ތެރޭގައި އަޅުކަންކުރާ ތަންތަނާ ކައިރީގައި ހުރި 276 ތަނަކާއި، ސްކޫލް ކޮލެޖްތަކާ ކައިރީގައި ހުރި 186 ތަނެއްގެ އިތުރުން ބަސް ޓާމިނަލްތަކާ ކައިރީގައި ހުރި 255 ތަނެއް ހިމެނެއެވެ.
މި ނިންމެވުމަކީ ވިޖޭގެ ސަރުކާރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު