މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަށިގަނޑަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. އާންމުކޮށް މާބަނޑު މީހުންނާ ބެހޭގޮތުން ދެކެވޭ އެއް ވާހަކައަކީ "ޕްރެގްނަންސީ ގްލޯ" ނުވަތަ މޫނުމަތިން ފެންނަ އުޖާލާކަމުގެ ވާހަކައެވެ. ނަމަވެސް، ހަގީގަތަކީ މި އުޖާލާކަމުގެ ފުރަގަހުގައި، ގިނަ ފަހަރަށް މީހުން ދައްކަން ބޭނުންނުވާ، އުނދަގޫ ބަދަލުތަކެއް ހަންގަނޑަށް އަންނަކަމެވެ. މިއީ ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ.
މި ދުވަސްވަރު ހަންގަނޑަށް އަންނަ އެންމެ އާންމު އެއް ބަދަލަކީ މެލަސްމާއެވެ. މިއަށް "މާސްކް އޮފް ޕްރެގްނަންސީ" އޭ ވެސް ކިޔައެވެ. މީގެ ސަބަބުން މޫނުގެ ކޮލާއި، ނިތްކުރި، ނޭފަތް އަދި ދަތްދޮޅީގައި ގަދަ މުށިކުލައިގެ ލައްތަކެއް ޖަހައެވެ. މިއީ ހަށިގަނޑުގައި އިސްޓްރަޖަން އަދި ޕްރޮޖެސްޓަރޯން ހޯރމޯން އިތުރުވުމުގެ ސަބަބުން، ހަންގަނޑުގެ ކުލަޖައްސައިދޭ މެލަނިން އުފައްދާ މިންވަރު އިތުރުވުމުން ދިމާވާ ކަމެކެވެ. އަވިން ރައްކާތެރިވުމަށް ސަންސްކްރީން ބޭނުންކުރުމަކީ މިކަން އިތުރަށް ގޯސްވިޔަ ނުދިނުމަށް ކުރެވިދާނެ ކަމެކެވެ.
ޒުވާން އުމުރުގައި ބިހި ނުނަގާ މީހުންނަށް ވެސް މާބަނޑު ދުވަސްވަރު މޫނުގައި ބިހި ނެގުމުގެ މައްސަލަ ކުރިމަތިވެއެވެ. މިއީ ހާއްސަކޮށް ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އާންމު ކަމެކެވެ. ހަށިގަނޑުގައި ހުންނަ ހޯރމޯންތަކުގެ ސަބަބުން ހަންގަނޑުން ތެޔޮ އުފައްދާ މިންވަރު އިތުރުވެ، ހަންގަނޑުގެ ވަޅުތައް ބެދި ބިހި ނެގުމަށް މަގުފަހިވެއެވެ. މިފަދަ ހާލަތްތަކުގައި ހަންގަނޑު ސާފުކޮށް ބެހެއްޓުމާއި، ޑޮކްޓަރެއްގެ ލަފާގެ މަތިން ރައްކާތެރި ފަރުވާއެއް ހޯދުން މުހިންމެވެ.
ބަނޑުގައިވާ ދަރިފުޅު ބޮޑުވަމުން އަންނަ ވަރަކަށް، ބަނޑުގެ ހަންގަނޑު ދެމިގެންދެއެވެ. މީގެ ސަބަބުން ހަންގަނޑުގެ ދަށުގައިވާ ކޮލަޖަން އަދި އިލާސްޓިން ފައިބަރުތައް ބިންދައިގެން ގޮސް، ފިޔާތޮށި ނުވަތަ ދަނބުކުލައިގެ ރެނދުތަކެއް ނުވަތަ ސްޓްރެޗް މާކު އުފެދެއެވެ. މިއީ ހަމައެކަނި ބަނޑަކު ނޫނެވެ. އުނަގަނޑާއި، އުރަމަތި އަދި ފައިގެ ފަލަމަސްގަނޑުގައި ވެސް މިފަދަ ނިޝާންތައް ޖަހައެވެ. ހަންގަނޑު މޮއިސްޗަރައިޒްކޮށް ބެހެއްޓުމަކީ މިކަމުން ލިބޭ އުނދަގޫތައް ކުޑަކޮށްދޭނެ ކަމެކެވެ.
މާބަނޑު ދުވަސްވަރު ކަރުދޮށާއި، ކިހިލިތަކާއި ނުވަތަ އުރަމަތީގެ ދަށުގައި ކުދިކުދި މަސްކޮޅުތަކެއް ނުވަތަ "ސްކިން ޓެގްސް" އުފެދުމަކީ ވެސް ދިމާވާ ކަމެކެވެ. މިއީ ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި، ހަންގަނޑާއި ހަންގަނޑު ޖެހި އުނގުޅުމުގެ ސަބަބުން އުފެދޭ އެއްޗެހީގެއްޗެކެވެ. ގިނަ ފަހަރަށް ވިހެއުމަށްފަހު މީގެން ބައެއް މަސްކޮޅުތައް އަމިއްލައަށް ފިލައިގެންދެއެވެ.
ހަމައެއާއެކު ހަންގަނޑު ދެމުމުގެ ސަބަބުންނާއި ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން، މާބަނޑު މީހުންނަށް ހަންގަނޑު ހިކި، ކެހުމުގެ މައްސަލަ ކުރިމަތިވެއެވެ. ހާއްސަކޮށް ބަނޑުގެ ހަންގަނޑު ދެމޭއިރު މި އުނދަގޫ ބޮޑުވެއެވެ. ގިނައިން ފެން ބުއިމާއި، ހަންގަނޑަށް ފައިދާހުރި ލޯޝަން ނުވަތަ ތެޔޮ ބޭނުންކުރުމަކީ މީގެ ހައްލެކެވެ.
އަދި ހަށިގަނޑުގައި ލޭ ދައުރުކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، މޫނުމަތީގައާއި ފައިގައި ކުދިކުދި ރަތްކުލައިގެ ލޭނާރުތަކެއް ފާޅުވާން ފަށައެވެ. މިއަށް "ސްޕައިޑަރ ވޭންސް" އޭ ކިޔައެވެ. މިއީ ވިހެއުމަށްފަހު ހޯރމޯންތައް ހަމައަކަށް އެޅުމުން އަމިއްލައަށް ފިލައިގެންދާ ކަންކަމެވެ.
މާބަނޑު ދުވަސްވަރު ބޭނުންކުރާ ސްކިންކެއާ އުފެއްދުންތަކަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. ރެޓިނޮއިޑްސް އަދި ބައެއް ކަހަލަ އެސިޑްތަކަކީ ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވެދާނެ އެއްޗެހި ކަމަށްވާތީ، އެއްވެސް ފަރުވާއެއް ނުވަތަ ކްރީމެއް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މި ހުރިހާ ބަދަލުތަކަކީ ވެސް ވަގުތީ ބަދަލުތަކެކެވެ. ވިހެއުމަށްފަހު ހަށިގަނޑުގެ ހޯރމޯންތައް ހަމައަކަށް އެޅުމުން، މީގެ ތެރެއިން ގިނަ މައްސަލަތައް އަމިއްލައަށް ރަނގަޅުވާން ފަށާނެއެވެ. އެހެންކަމުން، މި ބަދަލުތަކަކީ އާ ފުރާނައަކަށް ހަށިގަނޑު ތައްޔާރުވާކަމުގެ ރަމްޒެއް ކަމުގައި ދެކި، އަމިއްލަ ނަފްސަށް އަޅާލުމަކީ އެންމެ މުހިންމު ކަންތަކެވެ.

ކިޔުންތެރިންގެ ހިޔާލު